ތަމްރީނު
ނަންބަރު: (IUL)160-AS/160/2024/7
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 25 ޑިސެންބަރު 2024 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު މާލެ ގޮފި، ހުޅުމާލޭ ގޮފި (ފޭސް 1) އަދި ވިލިމާލޭ ގޮފީ ގައި 2025 ވަނަ އަހަރުގެ 1 ވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ޤިރާއަތު ސެޓްފިކެޓް 1 ގައި ބައިވެރިވުމުގެ ފުރުސަތު

އިޢުލާން

 

ޤިރާއަތު ސެޓްފިކެޓް 1، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ) އަދި ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ ގޮފި (ފޭސް 1) އަދި ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ވިލިމާލޭ ގޮފީ ގައި 2025 ވަނަ އަހަރުގެ 1 ވަނަ ސެމިސްޓަރގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

  • ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު  (މާލެ): ހެނދުނު 30 ޖާގަ، މެންދުރުފަސް 30 ޖާގަ.
  • ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ ގޮފި (ފޭސް 1): ހެނދުނު 25 ޖާގަ، ރޭގަނޑު 25 ޖާގަ.
  • ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ވިލިމާލޭ ގޮފި: ރޭގަނޑު 25 ޖާގަ.                             

ޝަރުޠު:

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން) ނުވަތަ ޢުމުރުން 16 އަހަރު ފުރިފައިވުން.
  2. ލިޔަން ކިޔަން އެނގުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

ކޯހުގެ މުއްދަތު

8 ހަފްތާ

 

       މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭ ފޯމާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް އަދި އައި.ޑީކާޑު ކޮޕީ، 25 ޑިސެމްބަރ 2024 ގެ 13:30 ގެ ކުރިން މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން (ކޯސްތަކަށް ވަނުމަށްއެދޭ ފޯމް) ލިބެން ހުންނާނެއެވެ. ބަސްދީގަތުން ބޭއްވުމަށް    ހަމަޖެހިފައިވަނީ 26 ޑިސެމްބަރ 2024 އިން 31 ޑިސެމްބަރ 2024 އާއި ދެމެދު އެވެ. 

08 ޑިސެންބަރު 2024