ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2024/254
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 16 ޑިސެންބަރު 2024 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންޓާން-އެޑްމިނިސްޓްރޭޓިވް އޮފިސަރ (ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް)

މަޤާމް :Intern (Admin)
ބޭނުންވާ އަދަދު :1

 

ތާރީޙް: 08  ޑިސެމްބަރ 2024

މަޤާމު:

އިންޓާން (އެޑްމިން)

ބޭނުންވާ އަދަދު:

1

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (06 މަސް ދުވަސް)

މަސައްކަތުގެ ވަގުތު

  • 2-4 ގަޑިއިރު ( ހެނދުނު 08 އާއި 12:00 އާ ދެމެދު )

މަގާމުގެ ޝަރުތު:

1. 'މަތީ ސާނަވީ' (އޭލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސެކްޝަނަށް އަންނަ ފޯނުތަކަށް ޖަވާބުދީ އެޕޮއިންޓްމަންޓްތައް ބެލެހެއްޓުން.
  2. ސެކްޝަންގެ އެންޓްރީ ދުވަހުން ދުވަހަށް ނަގާ ކަމާ ބެހޭ ވެރިޔެއްގެ އަރިހަށް ގެންގޮސް އަންގަވާ ގޮތެއްގެ މަތިން ޢަމަލުކުރުން.
  3. ކޯސްތަކަށް ވަނުމަށް އެދި ލިބޭ ފޯމްތައް ޗެކްކޮށް ބަލައިގަތުން. އަދި ޗެކްކޮށް ޙަވާލުވާ ފޯމްތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ފޯމެޓަށް ކޮމްޕިއުޓަރަށް އެންޓަރކުރުން.
  4. ޗެކްކޮށް ޙަވާލުވާ ފޯމްތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ފޯމެޓަށް ކޮމްޕިއުޓަރަށް އެންޓަރކުރުން.
  5. ކޯސްތަކުގައި ބައިވެރިވެވޭ ޝަރުތުތަކާއި ކޯސްތަކަށް ވަނުމަށް ފުރިހަމަކުރަންޖެހޭ އެހެނިހެން ކަންތައްތަކާއި ބެހޭ މަޢުލޫމާތު ފެކަލްޓީ / ސެންޓަރު ތަކުން ޤަވާޢިދުން އެއްކުރުން.
  6. ދަރިވަރުންގެ ސްޓެޓިސްޓިކްސް ބެލެހެއްޓުން (ކޯސްތައް ވަކި ވަކިން).
  7. ސެކްޝަނުން ފޮނުވަންޖެހޭ ލިޔެކިޔުން ކަމާބެހެ ފަރާތްތަކަށް ރައްދުކުރުމަށް ރިސެޕްޝަނާ ޙަވާލުކުރުން. އަދި އެތަކެތި އެޑްރެސް ކުރެވިފައިވާ ފަރާތްތަކަށް ރައްދުކުރެވިފައިވޭތޯ ބެލުން.
  8. ޤަވާޢިދުން ފައިލްކޮށް ޔައުމިއްޔާ ލިޔުން.
  1. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ސެކްޝަނުން ހޯދާއި ތައްޔާރުކޮށް ކަޑައެޅިފައިވާ ޑެޑްލައިނަށް ކަމާ ބެހޭ ސެކްޝަނާ ޙަވާލުކުރުން.
  2. ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

16 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2024-254

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލާއެކު)
  • ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  •  ** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

ސަމާލުކަމަށް:

  • މި އިއުލާނަށް އިޖާބަދެއްވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް އިސްކަންދެވޭނެކަމުގައި ދަންނަވަމެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345203 ނަމްބަރު ފޯނަށެވެ.
08 ޑިސެންބަރު 2024