ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESD/365/2024/39
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 26 ޑިސެންބަރު 2024 22:30
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމާއި ގުޅޭ

އިޢުލާން

 

" ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމާއި ގުޅޭ "

              މި އިދާރާގެ ނަމްބަރ: (IUL)365-ESD/365/2024/23 (17 އޮކްޓޯބަރ 2024) އިޢުލާނާއި ގުޅިގެން މުލީގައި ވަޒީފާ އަދާކުރާ ބިދޭސީފަރާތްތަކުގެ ތެރެއިން، ގިނަ އަދަދެއްގެ ބިދޭސީފަރާތްތަކެއް އަދިވެސް ނާރެސް ޕޯޓަލްގައި ރަޖިސްޓްރީ ނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

     މި މަސައްކަތަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ އެންމެ ފަހު ތާރީހަކީ 31 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަސްކަމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ގެ ފަރާތުން ވަނީ އަންގަވާފައެވެ. އަދި މި ތާރީހުގެ ފަހުން ބަޔޯމެޓްރިކް ޑޭޓާ ނެގިފައިނުވާ ބިދޭސީފަރާތްތަކާއި މެދުގައި ސަރުކާރުން ނިންމަވާ ގޮތެއްގެދަށުން ފިޔަވަޅު އެޅިގެންދާނެ ކަމުގައި ވަނީ އަންގަވާފައެވެ.

ވީމާ، މުލީގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީން 26 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މުލީ ކައުންސިލް އިދާރާއަށް ހާޒިރުވެ ނާރެސް ޕޯޓަލްގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ނާރެސް ޕޯޓަލްގައި ރަޖިސްޓްރީވުމަށް ހާޒިރުވާއިރު ބިދޭސީންގެ ޕާސްޕޯޓް ކޮޕީ އަދި ވޯރކް ޕާރމިޓް ކާޑުގެ ކޮޕީ ގެންނެވުން އެދެމެވެ.

v     ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ދާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 ން 14:00 އަދި ރޭގަނޑު 21:00 ން 22:30 އަށް.

v     ހުކުރު ދުވަހުގެ ރޭ 20:30 ން 22:30 އަށް.

v     ހޮނިހިރު ދުވަހު ހެނދުނު 9:30 ން 13:00 އަށް.

                     ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.           

08 ޑިސެންބަރު 2024