ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESD/365/2024/38
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025

އިޢުލާން

 

" ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 "

             ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުރަޒު " ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 " ގެ ނަމުގައި 2025 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި މައުރަޒެއް ބޭއްވުމަށް، ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމަވާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ނަންބަރ: 101-FTS/101/2024/4 (03 ޑިސެމްބަރ 2024) ސިޓީއިން ވަނީ އަންގަވާފައެވެ. އަދި މިމައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 މެއި 2025 އިން 31 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ.

 މައުރަޒުގައި ވާދަކުރުމަށް ހުޅުވާލާ ބައިގައި އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، ރަށްރަށާއި، ސިޓީތަކާއި، ތައުލީމުދޭ މަރުކަޒުތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދާއިރާއިން ބައިވެރިވެވޭނެއެވެ. ބައިވެރިވުމަށް ހުޅުވާލެވިފައިވަނީ މައިގަނޑު 15 ބައިން 81 ގިންތިއަކުންނެވެ. މައުރަޒުގައި ތަކެތި ބައިވެރިކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު https://www.gazette.gov.mv/iulaan/304343 މިލިންކްއިން ޑައުންލޯޑް ކުރެއްވޭނެއެވެ. މައުރަޒުގައި ތަކެތި ބައިވެރިކުރުމަށް  އީ-ފާސް އަށް ލޮގްއިން ކުރައްވައިގެން ވަންގަވް (https://one.gov.mv/services/ Maurazu 2025 - Registration) މެދުވެރިކޮށް ފޯމް ހުށަހެޅުއްވޭނެއެވެ.

މި ކަމާބެހޭގޮތުން އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ މައުރަޒުގެ ހޮޓްލައިން ނަމްބަރ 3333105 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

                     ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.     

08 ޑިސެންބަރު 2024