ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD/IU/2024/334
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 10 ޑިސެންބަރު 2024 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސައިޓް އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

           މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ސައިޓް އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކުންފުނިން ކަނޑައަޅާ ޕްރޮޖެކްޓް ސައިޓެއްގައި

އަދަދު

 02

ވަޒީފާގެ ބާވަތް

ޕްރޮޖެކްޓްގެ ނިޔަލަށް

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 10،000ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑި އިރު

ޝަރުޠު

  • ގްރޭޑް 10 ނިންމާފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2024 ޑިސެމްބަރ 10ވަނަ ދުވަހުގެ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  2024 ޑިސެމްބަރ 11 ން 2025 ޖަނަވަރީ 05 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
08 ޑިސެންބަރު 2024