މަސައްކަތް
ނަންބަރު: (IUL)359-ESMS/INDIV/2024/34
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 16 ޑިސެންބަރު 2024 11:00
ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދޫ ކައުންސިލް އިދާރާގެ ފައިލިންގ ރޫމް މަރާމާތު ކުރުމާއި ފައިލިންގ ރޫމުގައި ހުރި ތަކެތި ގުދަނަށް ބަދަލުކުރުން

ފެލިދެ އަތޮޅު ފެލިދޫ ކައުންސިލް އިދާރާގެ ފައިލިންގ ރޫމް މަރާމާތު ކުރުމާއި ފައިލިންގ ރޫމުގައި ހުރި ތަކެތި ގުދަނަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ފެލިދޫ ކައުންސިލް އިދާރާގެ ފައިލިންގ ރޫމް މަރާމާތު ކުރުމާއި ފައިލިންގ ރޫމުގައި ހުރި ތަކެތި ގުދަނަށް ބަދަލުކުރުން" މިހެން ލިޔެފައި އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ބިޑް މަރުހަލާތައް

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ދިނުން

12 ޑިސެމްބަރ 2024

ބުރާސްފަތި

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

ބިޑް ހުށަހެޅުން

16 ޑިސެމްބަރ 2024

ހޯމަ

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

           

މާކްސް ދެވޭނެގޮތް:

  1. މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ އަށްޑިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
  2. މުއްދަތު: ހުށަހަޅާ އެންމެ ކުޑަ މުއްދަތަކަށް ލިބޭނީ ދިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
  3. ތަޖުރިބާ: ނިންމާފައިވާ އެންމެ ބޮޑު ޕްރޮޖެކްޓް ނުވަތަ އެންމެ ބޮޑު އަގަކަށް މަސައްކަތް ނިންމާފައިވާކަމުގެ ތަޖުރިބާ ލިޔުމަށް  ލިބޭނީ ދިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ. އެންމެ ގުޅުން ހުރި މަސައްކަތެއް ކޮށްފައިވާކަމަށް ހުށަހަޅާފައިވާ ލިޔުންތަކަށެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. 

08 ޑިސެންބަރު 2024