މަސައްކަތް
ނަންބަރު: GS70/IUL/2024/17
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 16 ޑިސެންބަރު 2024 12:00
ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
2025 ވަނަ އަހަރު ކެޔޮދޫ ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. 2025 އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ޑިސެމްބަރ 08 ން  2024 ޑިސެމްބަރ 11 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީގަޑީގައި މިސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ މިސްކޫލްގެ އީމެއިލް އެޑްރެހަށް އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2024 ޑިސެމްބަރ 11 ވާ ބުދަ ދުވަހުގެ  13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2024 ޑިސެމްބަރ 16 ވާ ހޯމަ ދުވަހުގެ 12:00 ގައި މިސްކޫލްގައެވެ.

6. މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    

      ކެޔޮދޫ ސްކޫލް

       ވ. ކެޔޮދޫ، ދިވެހިރާއްޖެ.

      ފޯން:  6700804 ، 7476523 ،7228077   

     އީ-މެއިލް: [email protected]

08 ޑިސެންބަރު 2024