ބީލަން
                	
                ނަންބަރު: (IUL)242-CA/242/2024/48
                    ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2024
                    ޕަބްލިޝްކުރި ގަޑި:  11:38
                                            ސުންގަޑި: 
                            15 ޑިސެންބަރު 2024 13:00
                        
                    
                ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގދ.އަތޮޅު ކައުންސިލް އިދާރާއަށް ބޭނުންވާ މޮޓޯ ސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
                                ނަންބަރ: (IUL)242-CA/242/2024/48
އިޢުލާން
ގދ.އަތޮޅު ކައުންސިލް އިދާރާއަށް ބޭނުންވާ މޮޓޯ ސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ގދ.އަތޮޅު ކައުންސިލް އިދާރާއަށް ބޭނުންވާ މޮޓޯ ސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ
- މިއިދާރާއަށް ބޭނުންވާ ބްރޭންޑް ނިއު މޮޓޯ ސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 15 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން "އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފޯމް" ފުރިހަމަކުރެއްވުން އެދެމެވެ. އަންދާސި ހިސާބު ރަޖިސްޓްރީ ކުރާ ފޯމް މި އިޢުލާނުގައިވާ ކިއު.އާރް ކޯޑް ސްކޭން ކުރުމުން ނުވަތަ https://forms.gle/5gjfu3vDWWDaHNpd8 މި ލިންކް ބޭނުން ކުރެއްވުމުން ލިބިވަޑައިގަންނާނެއެވެ.
 - ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ދެންނެވިފައިވާ ތާރީޚަށް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
 - ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
 - ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
 - އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފޯމް ފުރިހަމަ ކުރުމުން އެފަރާތަށް "މަޢުލޫމާތު ކަރުދާސް" ފޯރުކޮށްދެވޭނެއެވެ. އަދި ބީލަންތައް ބަލައިގަތުމާއި، ބީލަންހުޅުވުން އޮންނާނީ 22 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 - އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6841032 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އަދި މި އިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
 
| 
 ތަފްޞީލް  | 
 ތާރީޚާއި ގަޑި  | 
| 
 ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް  | 
 15 ޑިސެމްބަރ 2024، 13:00  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 22 ޑިސެމްބަރ 2024، 13:00  | 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
                08 ޑިސެންބަރު 2024