ކުއްޔަށް ދިނުން
ނަންބަރު: (IUL)419/419/2024/149
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 29 ޑިސެންބަރު 2024 12:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށްދިނުން

    މިމަޢުލޫމާތު ފޯމަކީ ގދ.ގައްދޫ ހުޅަނގު ދެކުނުފަރާތު ފެތިރޯނު ޕާކު ސަރަޙައްދުގައި ހުރި ކުރީގެ ފެން ޕްލާންޓް ޢިމާރާތް ހިމެނޭހެން ދެހާސްއަކަފޫޓު ބިން ފަންސަވީސް އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ކުރެވުނު އިޢުލާނާއި ގުޅިގެން މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ހުޅުވާލަމެވެ.

                   ވީމާ، މިބިމުގައި އެހެނިހެން ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކަނޑައެޅިފައިވާ ތާރީޚުގައި ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލްގެ ޒަރީއާއިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 24 ޑިސެންބަރު 2024 އަންގާރަ ދުވަހުގެ މެންދުރު 12:00 ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީއާއިން ހުށަހަޅާ ބިޑްތައްވެސް ބަލައިގަނެވޭނެއެވެ.
  • އީމެއިލްގެ ޒަރީއާއިން ހުށަހަޅާ ބީލަންތައް ހުށަހަޅަންވާނީ [email protected]  އަށެވެ. މެއިލް ކުރުމަށްފަހު ބީލަން ހުށަހެޅުނުކަން ކަށަވަރުކުރުމަކީ، ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
  • ބީލަމާއި ގުޅޭ ގޮތުން ކައުންސިލްގެ ފަރާތުން މުއާމަލާތުކުރާނެ ނަންބަރަކީ، 9900297 އެވެ.

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

08 ޑިސެންބަރު 2024