ބީލަން
ނަންބަރު: GS-188/IL/2024/26
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 12 ޑިސެންބަރު 2024 12:00
މުންޑޫ ސްކޫލް، ލ. މުންޑޫ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ލ. މުންޑޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

އިޢުލާން

2025ވަނަ އަހަރު ލ.މުންޑޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. 2025 ޑިސެމްބަރ 31ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބެލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ހުޅުވާލަމެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 09 ޑިސެމްބަރރ  އިން 12 ޑިސެމްބަރ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ މިސުކޫލުގެ ފޯނުނަމްބަރ 6800741 އަށް ގުޅައިގެން ނުވަތަ މި ސްކޫލުގެ އީމެއިލް [email protected] އަށް މައުލޫމާތު ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިމިވާ މައުލޫމާތުތައް ފޮނުއްވުން އެދެމެވެ.

 

  1. މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތް:
  2. މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތުގެ ރަޖިސްޓްރީ ނަމްބަރ:
  3. މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތުގެ އީމެއިލް އެޑްރެސް:
  4. މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތުގެ މޯބައިލް ނަމްބަރ:

 

3 . މި ބީލަމާއި ބެހޭގޮތުން ސުވާލެއްވާނަމަ 2024 ޑިސެމްބަރ 12 ވާ ބުރާށްފަތި ދުވަހުގެ 12:00 ގެ ކުރިން މި ސުކޫލުގެ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

 

4 . މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  16 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 11:30 ގައި މި ސުކޫލުގެ އިދާރާގައެވެ.

 

 5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:30 ގައި މިސްކޫލްގެ އިދާރާގައެވެ.

 

  1. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރާ ފަރާތްތަކަށް ބީލަންފޮތް މި ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި އީމެއިލުގެ ޒަރީޢާއިން ފޮނުވައިދެވޭނެއެވެ.
  2. ބީލަމުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަންހުށައެއް ނޭޅޭނެއެވެ. ނަމަވެސް ނަންނޯޓް ކުރުމަށް ފަހު މައުލޫމާތު ސެޝަން އަށް ހާޒިރު ނުވެވުނަސް ބީލަން ހުށަހެޅޭނެއެވެ.

 

 8. ނަންނޯޓް ކުރުމާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުންޑޫ ސްކޫލް

ލ. މުންޑޫ

ފޯން: 6800741

އީ-މެއިލް: [email protected]

08 ޑިސެންބަރު 2024