ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2024/47
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 18:38
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ބަނދަރު ސަރަހައްދު އަށްދަށުތޮށި ޕޭވްމަންޓް ކައިރީގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި ގުޅޭ

     ރަށު ބަނދަރު ސަރަހައްދު އަށްދަށުތޮށި ޕޭވްމަންޓް ކައިރީގައި ކައުންސިލްގެ ހުއްދަ ނެގުމަކާނުލައި ބަހައްޓާފައިވާ ލާންޗް ނެގުމަށް 4 ފަހަރުމަތިން އެންގުމުންވެސް ނަގާފައި ނުވާތީ ކައުންސިލުން އާއްމުކޮށްފައިވާ އާއްމުތަންތަނަށާއި މަގުމައްޗަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދުގެ ދަށުން ލާންޗަކީ ދޫކޮށްލެވިފައިވާ އެއްޗެއް ކަމުގައި ކަނޑައަޅައި ލާންޗް ނެގުމުގެ އެންމެހައި މަސައްކަތް މިކައުންސިލުން ކުރަމުންދާކަމުގައި ދަންނަވަމެވެ. މިފަދައިން ކައުންސިލުން އެއެއްޗެއް ނަަގައިފި ހިނދެއްގައި ލިބިދާނެ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުނަގާނެކަމަށާއި އަދި ކައުންސިލުން ނަގަންޖެހިއްޖެ ހާލަތެއްގައި އެއެއްޗެއް އަނބުރައި އޭގެ ވެރިފަރާތަށް ލިބޭނީ އެ އެއްޗެއް ނެގުމަށްޓަކައި ކުރަންޖެހުނު އެންމެހައި ޚަރަދުތަކާއި ޤަވާއިދުގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ ކައުންސިލަށް ދެއްކެވުމުންކަމުގައިވެސް ދަންނަވަމެވެ.

     ލާންޗް ނަގައި ގެންދިއުމަށް އެންގިފައިވާ ސަރަހައްދަކީ ރަށުގެ ހުޅަނގުދެކުނު ހިއްކިސަރަހައްދުން ދޫކުރެވިފައިވާ އޮޑިހަރުގެތައް ހުރި ސަރަހައްދެވެ. އޮޑިހަރުގެތައް ހުރި ސަރަހައްދު ކަމުގައި ބެލެވޭނީ އިސްމާއިލް ރަޝީދު،ހަވީރު/ދ.މީދޫ އަށް ދޫކުރެވިފައިވާ އޮޑިހަރުގޭގެ ދެކުނުން އަދި އަޙްމަދު މުޖާހު،ހަނދުވަރީވިލާ/ދ.މީދޫ އަށް ދޫކުރެވިފައިވާ އޮޑިހަރުގޭގެ އުތުރުން މިދެމެދު ސަރަހައްދު އަދި ބަނދަރު ޕޭވްމަންޓްގެ އެއްގަމުން ފެށިގެން 150 ފޫޓް އަދި އޮޑިހަރުގެތަކުގެ އެއްގަމުން ފެށިގެން 100 ފޫޓް މި ސަރަހައްދެވެ.

ވީމާ މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.   

05 ޑިސެންބަރު 2024