ވަޒީފާގެ ފުރުޞަތު
ނަންބަރު: KACL/IULAAN/2015/014
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 15 ޖުލައި 2015 12:00
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

4

މަޤާމުގެ ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް 1

މުސާރަ

މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

އިނާޔާތްތައް

ކުންފުނީގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި ޢިނާޔަތްތައް ދެވޭނެއެވެ.

ސެކްޝަން، ޔުނިޓް

ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން، ކާގޯ ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތު

ކާގޯ ޔުނިޓުގެ އެންމެހައި މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠު

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ޘާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ގެ ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އެޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 30 އިންސައްތައަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކައްދޫ އެއަރޕޯޓުގެ އެއަރ ކާގޯ ޔުނިޓުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ގަވާއިދުން ކާގޯ ގުދަންކުރުމާއި އެއްތަނުން އަނެއްތަނަށް ކާގޯ އުފުލުން.
  • ކާގޯ ބަލައިގަންނަ އޭރިއާގައާއި ސްކްރީނިންގ އޭރިއާގައި ކާގޯއާބެހޭ ހުރިހާ މަސައްކަތެއް ކުރުން.
  • ކާގޯ ޔުނިޓް ހިންގާ އޮފީހާއި އޮފީސް ހުންނަ ސަރަޙައްދާއި ކާގޯ ގުދަން ރީތިކޮށް ފޮޅައި ސާފުކުރުން.
  • މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި އޮފީހުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ސުންގަޑި

15 ޖުލައި 2015 ވާ ބުދަ ދުވަހުގެ 12:00

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް، ލ.ކައްދު އަށެވެ.

ނޯޓް: މިވަޒީފާތަކަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރާނީ ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.

09 ޖުލައި 2015