ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A/1/2024/28
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:25
ސުންގަޑި: 16 ޑިސެންބަރު 2024 15:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެއާޓްރާންސްޕޯޓް އޮފިސަރ

މަޤާމް:

އެއާޓްރާންސްޕޯޓް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއާޓްރާންސްޕޯޓް ސެކްޝަން

ރޭންކް:

AT1.3

އަސާސީ މުސާރަ:

8,835.00 ރ

ސާވިސް އެލަވަންސް:

4,000.00 ރ

ނޮންޕްރެކްޓިސިންގ އެލަވަންސް:

3,975.75 ރ

ޖޮބް ސްޕެސިފިކް އެލަވަންސް:

1,500.00 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  1. އޭވިއޭޝަން މެނޭޖްމަންޓުން ނުވަތަ ސިވިލް އޭވިއޭޝަންއާ ގުޅޭ ދާއިރާއަކުން ޑިގްރީ ޙާޞިލުކޮށްފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން އެއާޓްރާންސްޕޯޓް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ދިވެހިރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާލައިންތަކަށް އޮޕަރޭޓިންގް ޕާރމިޓް އާއި ޓްރެފިކް ރައިޓްސް ދިނުމާ ބެހޭ މަސައްކަތް
  3. ރާއްޖޭގައި އޮޕަރޭޓްކުރާ ޑޮމެސްޓިކް އޮޕަރޭޓަރުންނަށް ދޭންޖެހޭ އޮޕަރޭޓިންގް ޕާރމިޓާއި ފްލައިޓްކްލިއަރަންސް ދިނުން
  4. ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްއެދޭފަރާތްތަކުގެ އެއާލައިންތަކުގެ މާލީ ހާލަތު ދެނެގަތުމާއެކު، އެފަރާތަކީ މާލީގޮތުން ދެކޮޅުޖައްސައިގެން އެއާލައިންގެ ޚިދުމަތްދެވޭނެ ފަރާތެއްތޯ ކަށަވަރުކުރުން
  5. ރާއްޖޭގައިދެވޭ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އަގުތައް ދިރާސާކޮށް، ރެގިއުލޭޓް ކުރަންޖެހޭ ޚިދުމަތްތަކުގެ އަގުތައް ކަނޑައެޅުން
  6. ރާއްޖޭގައި ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ވިއްކާ ފަރާތްތަކުގެ އޮފީސްތަކުގެ އޮޑިޓްކުރުން
  7. ރާއްޖޭގެ ބައިނަލްއަގްވާމީ އެއާޕޯޓް ތަކުގައި ދެވޭ ޚިދުމަތްތަކަކީ އައިކާއޯ ގެ އެނެކްސް 9 "ފެސިލިޓޭޝަން" ގައި ބަޔާން ކޮށްފައިވާ މިންގަޑުތަކާ އެއްގޮތަށް ދެވޭ ޚިދުމަތްތަކެއްތޯ ބަލައި އޮޑިޓްކުރުން
  8. ނޭޝަނަލް ފެސިލިޓޭޝަން ޕްރޮގްރާމް ތަންފީޒް ކުރުން
  9. ރާއްޖޭގެ އެއާޕޯޓްތަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ އެއާލައިންތަކާއި،ރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާލައިންތަކުގެ ދަތުރުފަތުރުގެ ތަފާސް ހިސާބުތައް ދިރާސާކޮށް ރިޕޯޓްކުރުން
  10. ރާއްޖެއާއި ބޭރު ޤައުމުތަކާއި ދެމެދު ކުރެވޭ ވައިގެދަތުރުފަތުރާއިބެހޭ އެގްރީމަންޓްތަކާއި ބައިވެރިވާ މުއާހަދާތަކާއި ބެހޭ  މަސައްކަތުގައި އެހީތެރިވުމާއި މަސައްކަތްކުރުން
  11. ރާއްޖޭގައި ގާއިމު ކުރެވިފައިވާ ބޭރުގެ އެއާލައިން ތަކުގެ ކަންތައްތައް ކޯޑިނޭޓް ކުރުން

 ނޯޓް: މި މަޤާމަށް ހޮވޭ ފަރާތުގެ މައިގަނޑު މަސްއޫލިއްޔަތެއްގެ ގޮތުގައި ހިމެނޭނީ އައިކާއޯގެ އެނެކްސް 9 "ފެސިލިޓޭޝަން"އާ

ގުޅުންހުރި މަސައްކަތްތަކާއި، ރާއްޖޭގައިރެޖިސްޓްރީކޮށްފައިވާ އެއާލައިންތަކާއި، ރާއްޖެއަށް އޮޕްރޭޓްކުރާ ބޭރުގެ އެއާލައިންތަކާއި

ކޯޑިނޭޓްކުރުމާއި ގުޅުންހުރިމަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ

-  ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އޮފީހެއްގެ ތަފާތު މަޤާމުތަކުގައި އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

5. 3 މަސްނުވާ ޕޮލިސް ރިޕޯޓް

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

16 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

  1. އެއާޕޯޓް އޮޕަރޭޝަންސް / އެއާލައިން އޮޕަރޭޝަންސް ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  2. ގިނަ ވަގުތުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  3. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  4. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
05 ޑިސެންބަރު 2024