ބީލަން
ނަންބަރު: IUL)GS17/2024/076
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 15 ޑިސެންބަރު 2024 10:00
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކޮޓަރިއެއް ކުއްޔަށް ހިފުމާއި ގުޅޭ

  1. މިސްކޫލަށް 01 ކޮޓަރި /އެޕަރޓްމެންޓް (ފަރުނީޗަރާއި، ހިފާގެންގުޅޭ ތަކެއްޗާއިއެކު، ކައްކާ ބައި ހިމެނޭ ގޮތަށް) 01 އަހަރު ދުވަހުގެ މުއްދަތަށް (01 ޖަނަވަރީ 2025 ން 31 ޑިސެމްބަރ 2025 އަށް ) ކުއްޔަން ހިފަން ބޭނުން ވެއްޖެއެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު އަރުވަމެވެ.

  2. މަޢުލޫމާތު ދިނުން:     

       މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 09  ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގ10:00ެެށް ސުކޫލު އޮފީހަށް ހާޒިރުވުން އެދެމެވެ.

  3. އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

        އެޕާރޓްމެންޓް / ކޮޓަރި  ކުއްޔަދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 15 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މި ސުކޫލް އޮފީހުގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

        ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.

  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.

ފޯން: 6800013

އީ-މެއިލް: [email protected]

ކޮޕީ އީމެއިލް: [email protected]

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.

ފޯން: 6800013

އީ-މެއިލް: [email protected]

05 ޑިސެންބަރު 2024