މަސައްކަތް
ނަންބަރު: (IUL)451-FP/1/2015/34
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 17:09
ސުންގަޑި: 21 ޖުލައި 2015 13:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 3 ގެ ބިޒްނަސް ސްޓަޑީޒް ސިލަބަސް ލިޔެ އެކުލަވައިލުމުގައި ކެމްބްރިޖް ޔުނިވަރސިޓީއާ ގުޅިގެން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު:30/IUL)451-FP/1/2015) އިޢުލާންއާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކުރަމެވެ.

ވީމާ، ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 3 ގެ ބިޒްނަސް ސްޓަޑީޒް ސިލަބަސް ލިޔެ އެކުލަވާލުމުގައި ކެމްބްރިޖް ޔުނިވަރސިޓީއާ ގުޅިގެން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަންކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގ 02ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

14 ޖުލައި 2015 ވަނަ ދުވަހުގެ  13:00 އަށް

21 ޖުލައި 2015 ވަނަ ދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3012378 ނަންބަރު ފޯނާއެވެ.

21 ރަމަޟާން 1436

08 ޖުލައި 2015