ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2015/62
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 17:06
ސުންގަޑި: 16 ޖުލައި 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް މާރކެޓިން އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް މާރކެޓިން އޮފިސަރ ގްރޭޑް 03

މުސާރައާއި އެލަވަންސް:

މަހަކު -/7500 ރުފިޔާ

އިތުރުގަޑި:

އިތުރުގަޑީގައި މަސަތްކަތްކޮށްފިނަމަ އިތުރުގަޑީގެ ސިޔާސަތާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ރޭންކް

AS 9

ބޭނުންވާ އަދަދު

02

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

މަރކެޓިންގ

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޭ ލެވޭލް އިމްތިޙާނު 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ.އޯ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާ ފާސްވެފައިވުމާއެކު ދާއިރާން (1) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ ޗެނަލްތަކުން އިން ފޮނުވާ އެނައުންސްމަންޓްތައް ލިއެ (އެނައުންސްމަންޓް ވިޝުއަލްސް) ބްރޯޑްކާސްޓްކުރެވޭ ފެންވަރަށް ތައްޔާރުކޮށް އޮންއެއަރ ކޮންޓްރޯލްރޫމަށް ފޮނުވުން.
  • އިޝްތިހާރު އަދި ޕްރޮގްރާމް ސްޕޮންސަރޝިޕް އަދި އެހެނިހެން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެޚިދުމަތްދިނުން
  • އިޢުލާން އެނައުންސްމަންޓާބެހޭ ފައިސާގެ ތަފުސީލު ހަމަޖެހިފައިވާ އުސޫލުން ފައިނޭންސް ޑިޕަރޓްމަންޓާއި ޙަވާލުކޮށް އޭގެ ތަފުސީލު ބެލެހެއްޓުން
  • ހަފުތާ ރިޕޯޓަށް ބޭނުންވާ އިޢުލާން، އެނައުންސްމަންޓްގެ ސޭލްސް ތަފުސީލު ނަގައި ސްޕަވައިޒަރާއި ޙަވާލުކުރުން
  • އިޝްތިހާރުތަކުގެ ޑާޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ޗެނަލްތަކުން ފޮނުވާ އިޝްތިހާރުތައް ފާސްކުރުމުގެ މަސައްކަތްކުރުން
  • ބްރޯޑްކާސްޓްކުރާ އިޢުލާން އެނައުންސްމަންޓް ގެ އެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ މާރކެޓިން ޑިޕާރޓްމަންޓުން ހިންގާ މާރކެޓިން އެކްޓިވިޓީގެ ތަކުގައި ކަންކަން ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

19 ރަމަޟާން 1436

06 ޖުލައި 2015