ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)452-PHI/452/2024/29
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:27
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޒާތީ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް ކުރެވޭ އިންސްޕެކްޝަނާ ގުޅޭ
ޒާތީ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް ކުރެވޭ އިންސްޕެކްޝަނާ ގުޅޭ
ގްރޭޓަރ މާލޭގައި ހިންގަމުންދާ ޒާތީ ޚިދުމަތްދޭ ތަންތަނުން ( ސެލޫން، ސްޕާ ފަދަ ތަންތަން ) ޢާއްމުންނަށް ޚިދުމަތްދޭއިރު އެފަދަ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަޑުތައް ދަމަހައްޓާގޮތް ދެނެގަތުމަށްޓަކައި ކުރެވޭ ޚާއްސަ އިންސްޕެކްޝަންތަކެއް މިހިނގާ ޑިސެންބަރު މަހުގެ 19-9 ކުރިޔަށް ކުރިޔަށް ގެންދާނެއެވެ.
އެހެންކަމުން މި އިންސްޕެކްޝަންތައް ކުރިޔަށް ގެންދާއިރު ސެލޫން އަދި ސްޕާ ހިންގާފަރާތްތަކުން މިކަމަށް އެއްބާރުލެއްވުން ދެއްވުމަށް ދަންނަވަމެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއެޖެންސީގެ ފޯން ނަންބަރު: 3024570 އަށް ގުޅުއްވުން އެދެމެވެ.
05 ޑިސެންބަރު 2024