ދެންނެވުން
ނަންބަރު: (IUL)331/331/2024/107
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:57
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާންމުންނަށް އުނދަގޫވާގޮތަށް މަސްކެއްކުމުގެ މަސައްކަތް ކުރުމާއިބެހޭ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                                             ނަމްބަރ:331/331/2024/107(IUL)

އިޢުލާން

 

އާންމުންނަށް އުނދަގޫވާގޮތަށް މަސްކެއްކުމުގެ މަސައްކަތް ކުރުމާއިބެހޭ

 

                 ރަށުގެ އެކި ސަރަހައްދު ތަކުގައި މަސްކައްކާ ހަޓް ހަދައިގެން މަސްކެއްކުމުގެ މަސައްކަތް ކުރުމުގެ ސަބަބުން އަރާދުމުގެ ސަބަބުން އެސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް އުނދަގޫވަމުންދާތީ އެކަމުގެ ސަކުވާ ކައުންސިލަށްދަނީ ލިބެމުންނެވެ. އަދި މިކަމަކީ އެކިފަހަރުމަތިން މަނާކުރެވިފައިވާ ކަމެއްކަންވެސް މިފުރުޞަޠުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

                 ގަވާއިދު ނަންބަރު 145-އާރ/2023 (މަގުތަކާއި ގޯޅިތަކާއި އިޖުތިމާއީ ސަރަހައްދު ތަކާއި ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ހަޓް ހެދުމާ ގުޅޭ ގަވާއިދު) ގެ 9 ވަނަ ނަމްބަރު (ހ) ގެ ދަށުން އެއްވެސް ފަރާތަކުން ހަޓް ހަދަންވާނީ ކައުންސިލުން ހުއްދަ ލިބިގެން ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ގަވާއިދު ނަންބަރު 2128-އާރ/2013 ( އާންމު އުނދަގުލާބެހޭ ގަވާއިދު ) ގެ 11 ވަނަ ނަންބަރުގައި އަވަށްޓެރިންނަށް އުނދަގޫވާގޮތަށް އެކަށީގެން ނުވާގޮތަކަށް އަލިފާން ރޯކޮށް އެއަލިފާނުގެ ސަބަބުން އުފެދޭ ދުމުން އަވަށްޓެރިންނަށް އުނދަގޫ ވާނަމަ، އެފަދަ ކަމެއް ކޮގެން ނުވާނެކަމަށް ބަޔާންކޮށްފައި ވެއެވެ.

                ވީމާ، އެއްވެސް ފަރާތަކުން ހަޓް ހަދައިގެންނާއި އެހެނިހެން ގޮތްގޮތުން އާންމުންނަށް އުނދަގޫވާގޮތަށް މަސްކެއްކުމުގެ މަސައްކަތް ކުރުމުގެ ސަބަބުން ކައުންސިލަށް ސަކުވާ އެއް ހުށަހެޅިއްޖެނަމަ އެފަދަ މައްސަލަ އެއްބަލާ ހަމަޖެހިފައިވާ އުޞޫލުގެމަތިން ފިޔަވަޅު އެޅޭނެކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. 

05 ޑިސެންބަރު 2024