މުބާރާތް
ނަންބަރު: (IUL)177/1/2024/26
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 20:38
ސުންގަޑި: 12 ޑިސެންބަރު 2024 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އެން.ސީ.އޭ - އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގައި ބައިވެރިވުމުގެ ފުރުޞަތު

ުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ "އެން.ސީ.އޭ - އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގައި ބައިވެރިވުމުގެ ފުރުޞަތު މުޅި ރާއްޖެއަށް ހުޅުވާލަމެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި މިނިވަން މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކެވެ. 
 
ވީމާ، މިމުބާރާތުގެ ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ސެންޓަރަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިސެންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ވެބްސައިޓް www.nca.gov.mv އިންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3344667 އާއި ގުޅުއްވުން އެދެމެވެ.
 
04 ޑިސެންބަރު 2024