ނީލަން
ނަންބަރު: 171-Y(FBM3)/IUL/2024/36
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 15 ޑިސެންބަރު 2024 11:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މިޚިދުމަތުގެ ށ.މިލަންދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކޮށްފައިވާ 03 ވެހިކަލް ނީލަމުގައި ވިއްކާލުމަށް

ނީލަން ކިއުން.

  1. މިޚިދުމަތުގެ ށ.މިލަންދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކޮށްފައިވާ (މިހާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ) 03 ވެހިކަލް ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
  2. ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްހީރަސް ކޮށްފައިވާ "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މިޚިދުމަތުގެ މެއިލް އެޑްރެސް [email protected] އަދި [email protected] އަށް ފޮނުވުމަށް އެދެމެވެ. މިޚިދުމަތަށް މެއިލް ލިބުމުން މެއިލް ކުރިފަރާތަށް ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، 2024 ޑިސެންބަރު 15 ވަނަ ދުވަހުގެ 11:00 (ހެނދުނު) އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ، 2024 ޑިސެންބަރު 16 ވަނަ ދުވަހު 11:00 (ހެނދުނު) ގައި ށ.މިލަންދޫ ޕޮލިސް ސްޓޭޝަންގައެވެ.
  5. ނީލަން ކިއުން އޮންނާނީ، 2024 ޑިސެންބަރު 17 ވަނަ ދުވަހުގެ 11:00 (ހެނދުނު) ގައި ށ.މިލަންދޫ ޕޮލިސް ސްޓޭޝަން ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރަން ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
  6.  ނީލަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރަޖިސްޓަރީވުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
04 ޑިސެންބަރު 2024