ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2024/45
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:26
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިންތަކާއި ގުޅޭ

ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިންތަކާއި ގުޅޭ

               ރަށުގައި ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ބިންތަކަކީ ވަގުތީގޮތުން ދޫކުރެވިފައިވާ ބިންތަކެއްކަމުގައި ދަންނަވަމެވެ. އަދި މި ބިންތަކަކީ ވަކި އުސޫލެއްގެ ދަށުން  އަމަލުކުރުމަށް އެއްބަސްވުމެއްހެދި އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ދޫކުރެވިފައިވާ ބިންތަކެއް ކަމުގައިވެސް ދަންނަވަމެވެ. ވީމާ މި ބިންތަކުގައި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށާ އެއްބަސްވުމުގައި ބުނެފައިވާ ތަރަހައިގެ ތެރެއިން ކަން ކުރުމަށް އިލްތިމާސް ކުރަމެވެ.

              މިފަދައިން މިކަން ފާހަގަ ކޮއްލަން ޖެހުނީ މިހާރަކަށް އައިސް ދަނޑު ބިންތަކުގައި ގަސްޖެހުމަށް ކޮނެވޭ ވަޅުގަނޑުތަކުގެ ކައިރި، ރޭނުމާ އެކިބާވަތްތަކުގެ މައުދަނާ ފައިބަރު ފަދަ ތަކެތިން ހަދަމުންގެންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ ކަމުގައި ދަންނަވަމެވެ. މި ކަންކަމީ ކުރުން މަނާ ކަންކަން ކަމުގައި ދަންނަވަމެވެ. ހަމަ އެހެންމެ ދަނގަޑާ ފައިބަރަކީ އެ ތަކެތިން ފެން ފަށަލައަށް އެކަމުގެ ނޭދެވޭ އަސަރު ކޮއްފާނެ ކަމެއްކަމަށް ދަންނަވަމެވެ. ވީމާ ދޫކުރެވިފައިވާ ދަނޑުބިންތަކުގައި ކުރުން މަނާ ކުރެވިފައިވާ އެއްވެސް ކަމެއް އަދި އިންދާ ހެއްދުން މަނާ އެއްވެސް ބާވަތެއްގެ ގަހެއް އެއްވެސް ފަރާތަކުން ނުހެއްދުމަށާ އެފަދަކަމެއް އެއްވެސް ފަރާތަކުން ކުރަމުން ގެންދާނަމަ އެކަން މިކައުންސިލަށް އަންގަވާދެއްވުން އެދެމެވެ. އަދި މިހާރު މިފަދަ ކަންކަން ކުރަމުން ގެންދާ ފަރާތްތަކުން މިކަންކަން ހުއްޓާ އިސްލާހު ކުރުމަށް ދަންނަވަމެވެ.އަދި މިފަދައިން މަސައްކަތް ކުރާ ފަރާތްތަކުން ދަނޑުބިން ވަކިކުރެވޭނެ ކަމުގައި ދަންނަވަމެވެ.

04 ޑިސެމްބަރ 2024

04 ޑިސެންބަރު 2024