ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-CD5/471/2024/148
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 10 ޑިސެންބަރު 2024 12:00
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސީނިއަރ ޕްލޭނަރ

މި އިޢުލާންވަނީ 08 ޖަނަވަރީ 2025 08:50 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މަޤާމް:

ސީނިއަރ ޕްލޭނަރ                                                           

މަޤާމުގެ ނަންބަރު:

J-396437

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1                                    

ޑިޕާޓްމަންޓް / ސެކްޝަން:

ފިޒިކަލް ޕްލޭނިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / އަރބަން ޑިވެލޮޕްމަންޓް ސެކްޝަން

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
  2. ސަޕޯޓިންގ ކޯ އެލަވަންސް: މަހަކު -/900 ރުފިޔާ ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ 28% (މަހަކު).
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަރބަން ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނުގައި ކަނޑައަޅާ ސަރަހައްދުތައް ތަރައްޤީކުރުމަށް ބޭނުންވާ އަރބަން ޑިވެލޮޕްމަންޓް މަޝްރޫޢުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެ މަޝްރޫޢުތައް ހިންގުމަށް ފަންނީ ލަފާޔާއި އެހީތެރިކަން ދިނުން.
  2. އަރބަން ރީޑިވެލޮޕްމަންޓް ޕްލޭންތައް ތައްޔާރުކުރުމާއި، އެ ޕްލޭންތަކުން ހާސިލުކުރަން ބޭނުންވާ މަޤުޞަދުތައް ހާސިލުވޭތޯ ބެލުމުގެ މަސައްކަތް ކުރުން.
  3. އާބާދުކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން ދުވަސްވުމުގެ ސަބަބުން ބިނާވެށި ބާވެފައިވާ ސަރަހައްދުތަކާއި، ތޮއްޖެހިފައިވާ ސަރަޙައްދުތަކާއި އަދި އެކަށީގެންވާގޮތެއްގައި ބިނާވެށި ތަރައްޤީކުރެވިފައިނުވާ ސަރަހައްދުތައް އަލުން ތަރައްޤީކުރުމަށްޓަކައި، އަރބަން ރީޖެނެރޭޝަން ޕްލޭންތައް ތައްޔާރުކުރުމާއި، އެ ޕްލޭންތަކުން ހާސިލުކުރަން ބޭނުންވާ މަޤުޞަދުތައް ހާސިލުވޭތޯ ބެލުމުގެ މަސައްކަތް ކުރުން.
  4. އާބާދުކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން، ގަދީމީ އަރބަން ސަރަހައްދުތަކާއި ގިނަ ދުވަހަށް ދެމެހެއްޓުމަށް ކަނޑައަޅާ އަރބަން ސަރަހައްދުތަކުގެ މާހައުލުތައް (ގުދުރަތީ އަދި އިންސާނުން އުފައްދައި ތަރައްޤީކޮށްފައިވާ) ރައްކާތެރިކޮށް އަލުން އާލާކުރުމަށް އަރބަން ރިހެބިލިޓޭޝަން ޕްލޭންތައް ތައްޔާރުކުރުމާއި، އެ ޕްލޭންތަކުން ހާސިލުކުރަން ބޭނުންވާ މަޤުޞަދުތައް ހާސިލުވޭތޯ ބެލުމުގެ މަސައްކަތް ކުރުން.
  5. އާރބަން ޕްލޭނިންގއާއި އާރބަން ޑިވެލޮޕްމަންޓާއި ގުޅުންހުރި ފިޒިކަލް ސާރވޭތަކުގެ މަސައްކަތުގައި ފަންނީ ލަފާއާއި އެހީތެރިކަން ފޯރުކޮށްދިނުން.
  6. މާލޭ ރީޑިވެލޮޕްމަންޓާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އަރކިޓެކްޗަރަލް ޑްރޯވިންގްސްގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމުގެ މަސައްކަތް ވެރިންގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން.
  7. އަރބަން ޑިވެލޮޕްމަންޓް ސެކްޝަންއަށް ހުށަހެޅޭ މަޝްރޫޢުތަކުގެ ކޮންސެޕްޓް ޑިޒައިން އާއި ބޭނުންވާ ޓެކްނިކަލް ޑްރޯވިންގްސް ތައްޔާރުކުރުން.
  8. މާލޭ ރީޑިވެލޮޕްމަންޓް އާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ކޮންސެޕްޓް ޕްލޭންތައް އެކުލަވާލުމާއި ޑީޓޭލް ޑިޒައިން ތައްޔާރުކުރުމުގައި މާލެ ސިޓީ ކައުންސިލަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ރާއްޖޭގެ ތިމާވެއްޓާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓާފާޅިއާ އެކަށީގެންވާ ގޮތެއްގައި އަރބަން ރީޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރެވިދާނެ ކަންކަން ރާއްޖެއަށް ތަޢާރުފުކުރުމުގެ މަސައްކަތުގައި ފަންނީ ލަފާޔާއި އެހީތެރިކަން ދިނުން.
  10. އާރބަން ރީޑިވެލޮޕްމަންޓް ޕްލޭންއާއި ގުޅިގެން ރީޑިވެލޮޕްކުރެވޭ ސަރަހައްދުތައް ތަރައްޤީކުރުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުމުގައި ރެގިއުލޭޝަން އެންޑް ޕްލޭނިންގ އެޕްރޫވަލްސް ޑިވިޝަންއަށް ދޭންޖެހޭ ފަންނީ ލަފާއާއި އެހީތެރިކަން ފޯރުކޮށްދިނުން.
  11. މަސައްކަތާ ގުޅޭ ދާއިރާއިން ސަރުކާރުން ބާއްވަވާ އެކިއެކި ބައްދަލުވުންތަކުގައި މިނިސްޓްރީ ތަމްސީލުކުރުން.
  12. މީގެ އިތުރުންވެސް މިމިނިސްޓްރީގެ ފަރާތުން އިންތިޒާމުކޮށް ހިންގާ މުހިންމު ކަންތައްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ނުވަތަ ބެޗެލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- އާކިޓެކްޗަރ 

- ޑިވެލޮޕްމަންޓް ސްޓަޑީޒް  

- އެންވަޔަރަންމެންޓަލް ސައިންސް 

- ޕޮލިސީ ސްޓަޑިޒް  

- ސޯޝިއަލް ޕޮލިސީ  

- ސްޕާޝިއަލް ސައިންސް  

- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް  

- އަރބަން ޕްލޭނިންގ  

- އާބަން ސްޓަޑީޒް

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

- ސޯޝަލް ސައިންސް

- އަރބަން ޕްލޭނިންގ

ޑިވެލޮޕްމަންޓް ޕްލޭނިންގ

މަޤާމުގެ ޕްރެފަރޑް ޑިސިޕްލިންތައް:

ނެތް  

މަޤާމުގެ ކޯ ޑިސިޕްލިންތައް:

- ޑިވެލޮޕްމަންޓް ސްޓަޑީޒް  

- ޕޮލިސީ ސްޓަޑިޒް  

- ސޯޝިއަލް ޕޮލިސީ  

- ސްޕާޝިއަލް ސައިންސް  

- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް  

- އަރބަން ޕްލޭނިންގ  

- އާބަން ސްޓަޑީޒް  

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

   (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) ސިވިލް ސަރވިސްގް ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދުކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

    (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

މިކްރައިޓީރިއާގައި ހިމެނޭ މަޤާމްތަކަށް އެސެސްމަންޓާއި ޕްރެޒެންޓޭޝަން ދެވޭނެއެވެ.

މި މަޤާމަށް އައްޔަންކުރެވޭނީ، އަންނަވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

  1. އިންޓަވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމުލު ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބުން؛ އަދި
  2. މަޤާމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) ޕޮއިންޓު ލިބިފައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 11  ޑިސެންބަރު 2024 އާއި 26 ޑިސެންބަރު 2024 އާއި ދެމެދު، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓް/ ދިވެހިސަރުކާރުގެ ގެޒެޓް ގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004775 ނަންބަރު ފޯނަށް ނުވަތަ 4004708 ނަންބަރު ފޯނަށެވެ. އީ-މެއިލް [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް  "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51އިން ލިބެން ހުންނާނެއެވެ.

04 ޑިސެންބަރު 2024