ދިވެހިރާއްޖެ
ނަންބަރު: (IUL)354/PRIV/2024/2
އިޢުލާން
އޮޕަރޭޝަން ކުރަނގި (ބިދޭސީ މަސައްކަތްތެރިންގެ ދަފުތަރު) ފެށުމާއި ގުޅޭ
ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން އެއް ދަޕްތަރެއްގައި ރަޖިސްޓްރީ ކުރުމަށްޓަކައި މިނިސްޓްރީ އޮޕް ހޯމްލޭންޑް ސެކުއުރިޓީ އެންޑް ޓެކްނޮލޮޖީން ކުރިޔަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވެއެވެ.
އެހެންކަމުން، މިދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މާދަމާ (5 ޑިސެމްބަރ 2024) އިން ފެށިގެން 12 ޑިސެމްބަރ 2024 ނިއަލަށް ކައުންސިލް އިދާރާގައި ކުރިޔަށްދާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުން 10:00 އިން 14:00 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.
މިރަށުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތަކުން މަތީގައި ދެއްނެވިފައިވާ ގަޑިއަށް ވޯކް ޕާމިޓް، ޕާސްޕޯޓް ނުވަތަ އެނޫންވެސް ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ލިޔުމަކާއި އެކު ބިދޭސީން މިއިދާރާއަށް ފޮނުވައި ދެއްވުން އެދެމެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެއްނަމަވެސް މަޢުލޫމާތު އަދާ ހަމަކުރުމަށް އެފަދަ ބިދޭސީންވެސް ފޮނުއްވާދެއްވުމަށް ދަންނަވަމެވެ.
އަދާމަހަކުރަންޖެހޭ މަޢުލޫމާތުތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތުގެ މަޢުލޫމާތުވެސް ހިމޭނޭތީވެ، މިފަދަ މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތެއް ބިދޭސީންނާއެކު ޙާޒިރުވުމަށް ދަންނަވަމެވެ. އަދި މީގެފަހުން ރަށުން ފުރައިގެންދާ ބިދޭސީންނާއި ރަށަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ މަޢުލޫމާތު ކައުންސިލާއި ޙިއްސާކުރެއްވުމަށް ދަންނަވަމެވެ. ބިދޭސީން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މިކަމުގައި ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
02 ޖުމާދަލްއާޚިރާ 1446
04 ޑިސެމްބަރ 2024