މަޤާމު:
|
ޕްރޮކިއުމަންޓް އޮފިސަރ (އެމް.އެސް. 1)
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ:
|
-/5,610 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2,000 ރުފިޔާ
|
ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ ގްރޭޑް 1
|
އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ
|
ޑިވިޜަން:
|
ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން، ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން
|
މަޤާމްގެ ޝަރުތު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ ފައިނޭންސް/ އެކައުންޓިންގ/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ ބިލްޓް އެންވަޔަރަންމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ ފައިނޭންސް/ އެކައުންޓިންގ/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ ބިލްޓް އެންވަޔަރަންމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން(މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ ފައިނޭންސް/ އެކައުންޓިންގ/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ ބިލްޓް އެންވަޔަރަންމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
އިތުރު ތަފުސީލު
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަނަށް ހުށަހެޅޭ ޕްރޮޖެކްޓްތައް ބީލަމަށް ހުޅުވައިލުމާއި، ބީލަމުގެ އެންމެހައި ކަންތައްތަކެއް ޔުނިޓްހެޑްގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން.
- ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަނުން ބީލަމަށް ހުޅުވާލެވޭ ޕްރޮޖެކްޓްތަކަށް ހުށަހެޅޭ ބިޑް ޑޮކިއުމަންޓްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރައްކާކޮށް ބެލެހެއްޓުން.
- ސެކްޝަން ބަޖެޓް ޕްލޭން އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ޕްރޮޖެކްޓްގެ ޓެންޑަރިންގ އަދި އިވެލުއޭޝަން ސްޓޭޖުގައި ދިމާވާ އެކިކަހަލަ މައްސަލަތައް ސުޕަރވައިޒަރަށް ރިޕޯޓު ކުރުން.
|
އުޖޫރަ އާއި އިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
- އާސަންދަ (ހެލްތް އިންޝުއަރެންސް)
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައި ވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %49)
- މަސައްކަތުގެ ތަކުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
- އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %43)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން).
|
ސުންގަޑި:
|
21 ޖުލައި 2015 (އަންގާރަ) ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.
|