ދިވެހިރާއްޖެ
މިކުންފުނީގެ ނަންބަރު: 60ADM/2015/218 އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ލިބިފައި ނުވާތީ ތިރީގައި މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަސައްކަތްކުރާ ތަން |
އަސާސީ މުސާރަ |
އަދަދު |
މަޤާމު |
އެސް.ޓީ.އޯ ހދ. ކުރިނބި ފަރމަސީ |
-/3380 ރުފިޔާ |
2 |
ފަރމަސީ އެސިސްޓަންޓް |
ފާރމަސީ އެސިސްޓަންޓް
މަޤާމުގެ މަސްއޫލިއްޔަތު
- ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
- ބިލް ހެދުން
- މުއްދަތުހަމަވާ ބޭސްތައް ޗެކްކުރުންް
- ހަރުގަނޑުތަކުގައި ބޭސް އެތުރުން
- ކްރެޑިޓް ބިލް ޗެކްކުރުން
- އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާސެކްޝަންތައް ބެލެހެއްޓުން
ތަޢުލީމީ ތަޖުރިބާ: ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން
އެހެނިހެން އިނާޔަތްތައް:
- އިތުރު އެލަވަންސް: 1500.00ރ –2450.00ރ އާ ދެމެދުގެ ޢަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތައް ހަޖައްސައިދެވޭނެ
- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ
- މަތީތަޢުލީމް ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ
- ޕެންޝަން
- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން2015 ޖުލައި 14ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން އަދި އެސްޓީއޯ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344368/ 3344179ފެކްސް: 3344041 އީމެއިލް އެޑްރެސް: [email protected]