ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272/272/2024/146
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:40
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ޑިސެންބަރުމަހު ކައުންސިލުން ބާއްވާ ބައްދަލުވުން

ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ޑިސެންބަރުމަހު ކައުންސިލުން ބާއްވާ ބައްދަލުވުން

 

ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގެ ދަށުން، ޑިސެންބަރު މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ކައުންސިލްގެ ބައްދަލުވުމާއި ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 1-107 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކޮންމެ 4 (ހަތަރެއް) މަހަކުން ބާއްވަންޖެހޭ ބައްދަލުވުން، މި ޑިސެންބަރު މަހުގެ 30 ވާ ހޯމަ ދުވަހުގެ ރޭގަނޑު 20:30 ގައި ކައުންސިލް އައު ޢިމާރާތުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.

މި ބައްދަލުވުމުގައި 2024 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރު މަހު ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުން ދާގޮތް، ކައުންސިލުން ކުރަމުން އަންނަ މުހިއްމު މަސައްކަތްތައް، 2025 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓް އަދި 2025 ވަނަ އަހަރަށް ކައުންސިލްގެ މަސައްކަތްތަށް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު ހިއްސާކުރުން އޮންނާނެއެވެ. މި ބައްދަލުވުމަށް ނޫމަރާގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 ޑިސެންބަރު 2024