ބީލަން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 22:43
ސުންގަޑި: 10 ޑިސެންބަރު 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 މުބާރާތުގައި ބައިވެރިވާ ނޮޅިވަރަމް ކައުންސިލްގެ ޓީމަށް ކޯޗްކަން ކޮށްދޭނެ ފަރާތެއް ހޯދުން

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 މުބާރާތުގައި ބައިވެރިވެފައިވާ ނޮޅިވަރަމު ކައުންސިލްގެ ޓީމަށް ކޯޗަކު ހަމަޖެއްސުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

   ޕްރޮޕޯސަލް ހުށަހެޅުމަށް 10 ޑިސެމްބަރ 2024 ވާ (ބުރާސްފަތި) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/nbhho5FfHHhaeLTb8 

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

10 ޑިސެންބަރ 2024 (އަންގާރަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

11 ޑިސެންބަރ 2024 (ބުދަ)

10:00

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

ޕްރޮޕޯސަލްއަށް މާރކްސް ދޭން ހަމަޖެހިފައިވާ ގޮތް:

އަގު – 80% (ހުށަހެޅި އެންމެ ކުޑަ އަގު / ހުށަހެޅި އަގު × 80)

ތަޖްރިބާ – 20% (ހުށަހެޅި ތަޖުރިބާގެ ލިޔުން / ހުށަހެޅި އެންމެ ގިނަ ތަޖުރިބާގެ ލިޔުން × 20)

 

ޕްރޮޕޯސަލް ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް ޕްރޮޕޯސަލެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް: [email protected]                          

03 ޑިސެންބަރު 2024