ކުއްޔަށް ހިފުން
ނަންބަރު: GS93/I/2024/27
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:38
ސުންގަޑި: 12 ޑިސެންބަރު 2024 11:00
ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
ކޮޓަރިއެއް ކުއްޔަށްހިފުން

އިޢުލާން

ކޮޓަރިއެއް ކުއްޔަށްހިފުން

       މިސްކޫލްގައި މަސައްކަތްކުރައްވަން ހަމަޖެހިފައިވާ JOCVގެ ވޮލަންޓިއަރ ބެހެއްޓުމަށްޓަކައި 1 އަހަރު ދުވަހުގެ މުއްދަތަށް ކޮޓަރިއެއް ބޭނުންވެއްޖެއެވެ. ވީމާ ކުއްޔަށް ކޮޓަރި ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތައް، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގައިވާގޮތަށް ދިވެހިރާއްޖޭގެ ވިޔަފާރިއާއި ބެހޭ އިދާރާގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ވިޔަފާރި ރަޖިސްޓްރީނެތް އަމިއްލަ ފަރާތްތަކުން 2024 ޑިސެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:20 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2024 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް އޮންނަންވާނެއެވެ.

      އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6520534 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

 

ނޯޓް: ވިޔަފާރި ރަޖިސްޓްރީނެތް ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅުމަށްފަހު، ބިޑް އެފަރާތަކަށް އެވޯޑް ކުރެވިއްޖެނަމަ 1 މަސްދުވަހުގެ ތެރޭގައި ވިޔަފާރިއާއި ބެހޭ ޤާނޫނުގައިވާގޮތަށް ވިޔަފާރި ރަޖިސްޓްރީކޮށް ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ސްކޫލަށް ހުށަހަޅަންވާނެއެވެ.

 

02 ޖުމާދަލް އާޚިރު 1446

03 ޑިސެންބަރު 2024

03 ޑިސެންބަރު 2024