ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MRH-HR/MRH/2024/50
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 20:52
ސުންގަޑި: 10 ޑިސެންބަރު 2024 14:00
މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސްޕެޝަލިސްޓް ރެޖިސްޓްރަރ، ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރަރ، ކޮންސަލްޓެންޓް ސްޕެޝަލިސްޓް، ސީނިއަރ ކޮންސަލްޓެންޓް ސްޕެޝަލިސްޓް އިން އޮޕްތަލްމޮލޮޖީ

 


 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލީ ރީޖަނަލް ހޮސްޕިޓަލް

މަޤާމު

ސްޕެޝަލިސްޓް ރެޖިސްޓްރަރ، ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރަރ، ކޮންސަލްޓެންޓް ސްޕެޝަލިސްޓް، ސީނިއަރ ކޮންސަލްޓެންޓް ސްޕެޝަލިސްޓް

ސްޕެޝަލައިޒޭޝަން:

އޮފްތަލްމޮލޮޖީ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

01 (އެކެއް)

މަގާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކު 8 - ސްޓެޕް 1

ޕަބްލިކް ސަރވިސް ރޭންކު 9 - ސްޓެޕް 1

ޕަބްލިކް ސަރވިސް ރޭންކު 10 - ސްޓެޕް 1

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ސްޕެޝަލިސްޓް ޞިއްޙީ ފަރުވާ ބޭނުންވާ ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލި ހާލަތު ދެނެގަތުން.
  2.  ބަލިމީހާ ރިފަރކުރާ އެހެން ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާކުރުން.
  3.  ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ޚާއްސަ ތަހުލީލްތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހްލީލްތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް  ގެންދިއުން އަދި ފަރުވާއަށް ގެންނަންށްޖެހޭ ބަދަލުތައް ގެނައުން.
  4. ސްޕެޝަލިސްޓް ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމާއި ބޭހަށް އެދި އެނެސްތީސިއާއަށާއި ނަފްސާނީ ފަރުވާއާއި  ރިހެބިލިޓޭޝަން އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ބަލިމީހާގެ ހާލަތު ބަދަލުވާގޮތް މޮނިޓަރކުރުން.
  5. ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ އާއްމު އަދި ޚާއްސަ އޮޕަރޭޝަންތައް ކުރުން.
  6. މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައާއި ވިހެއުމުގެ ފަހުން ދިމާވާ ނުރައްކާތެރި ހާލަތްތަކަށް ފަރުވާދިނުން.
  7. ބަލިމީހާގެ މެޑިކަލް މައުލޫމާތު ލިޔެ ރެކޯޑްކޮށް ފުރިހަމަ ފަރުވާދިނުމަށް ބޭނުންވާ އެހެން ޑޮކްޓަރުންނާއި އެހެން ސިއްހީ ޕްރޮފެޝަނަލުންނާއި ހިއްސާކުރުން.
  8. ގާނޫނީ އަދި ފަންނީ ވާޖިބު އަދާކުރުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ވިހާ މަރުވާ މީހުންގެ މައުލޫމާތާއި އަދި ނޯޓިފައި ކުރަންޖެހޭ ބަލިތަކުގެ މައުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް ދިރާސާތަކާއި ތަހުގީގުތަކުގައި އެހީތެރިވުން.
  9. އެކިއެކި ޚާއްސަ ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮކަންމަތީގައި ހުރުމަށާއި އެފަދަ ބަލިތަކަށް ކުރަންޖެހޭ ފަރުވާއާއި ސަމާލުކަންދޭންޖެހޭ ކަންތައްތައް ބަލިމީހާއަށާއި އާއިލާތަކަށާއި މުޖްތަމައުއަށް އޮޅުންފިލުވައިދިނުން.
  10. އިންސާނުންނަށް ކުރިމަތިވާ ޚާއްސަ ސިއްހީ ހާލަތްތަކާއި ބަލިތަކުގެ އަސްލު ދެނެގަތުމާބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއާއި ރައްކާތެރިވުމާބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓްތަކުގައި ޝާއިއުކުރުން.
  11. އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައާއި އާއްމުން ހޭލުންތެރި ކުރުމަށާ ތައްޔާރުކުރާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
  12. ސިއްހީ ޚިދުމަތުގެ ނިޒާމް ބައްޓަން ކުރުމާއި އިތުރަށް ތަރައްގީ ކުރުމުގައި ބައިވެރިވެ ފަންނީ ލަފާދިނުން
  13. އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގައި ސްޕެޝަލިސްޓުންގެ ޚިދުމަތަށް ބޭނުންވާ ހާލަތްތަކުގައި ކަނޑައަޅާފައިވާ މުއްދަތަށް އެ ޚިދުމަތް ފޯރުކޮށްދިނުން.
  14. ގާނޫނީ ގޮތުން އުފެދިފައިވާ ކައުންސިލްތަކާއި ބޯޑުތަކުގައި މެޑިކަލް ޕޮރްފެޝަނަލެއްގެ ހައިސިއްޔަތުން ބައިވެރިވެ، ސިއްހީ ޚިދުމަތުގައި ހިމެނޭ ފަންނީ ކޮމިޓީތަކާއި ބޯޑުތަކާއި، ސިއްހީ ޚިދުމަތުގެ ފަންނުވެރިން ރެގިއުލޭޓްކުރާ ބޯޑުތަކާއި ކައުންސިލްތަކުގައި ބައިވެރިވެ ލަފާދިނުން.
  15. ޞިއްޙީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމްގެ ނަން

ސިވިލްސަރވިސްގެ ރޭންކް

މަގާމުގެ ޝަރުތުތައް

އަސާސީ މުސާރަ (ރުފިޔާ)

މަޤާމުގެ އެލަވެންސް (ރުފިޔާ)

ޙާޒިރީ އިނާޔަތް (ޙާޒިރުވާ ކޮންމެ ދުވަހަކަށް،(ރުފިޔާ))

ސްޕެޝަލިސްޓް ރެޖިސްޓްރަރ

CS- 1-13

CS- 2-13

CS- 3-13

CS- 4-13

 

  • މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން ޕޯސްޓްގްރެޖުއޭޓް ޑިޕްލޯމާއެއް ނުވަތަ ޕޯސްޓްގްރެޖުއޭޓް ޑިޕްލޯމާއަކާ އެއްފެންވަރުގެ ސެޓްފިކެޓެއް ކްލިނިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބް-ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ސްޕެޝަލިސްޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.
  • އެސޯސިއޭޓް ސްޕެޝަލިސްޓް، ސީއެސް 13-1 ގްރޭޑްގައި 3 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން  އެގްރިގޭޓްކޮށް 3 އަހަރު  85% އިން މަތިން މާކްސް ހޯދާފައިވުން.
  • އެސޯސިއޭޓް ސްޕެޝަލިސްޓް، ސީއެސް 13-2 ގްރޭޑްގައި 3 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން  އެގްރިގޭޓްކޮށް 3 އަހަރު  85% އިން މަތިން މާކްސް ހޯދާފައިވުން.
  • އެސޯސިއޭޓް ސްޕެޝަލިސްޓް، ސީއެސް 13-3 ގްރޭޑްގައި 3 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެގްރިގޭޓްކޮށް 3 އަހަރު  85% އިން މަތިން މާކްސް ހޯދާފައިވުން.

 

-/26,231

-/15,023

-/407

ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރަރ

CS- 1-15

 

  • މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ 3 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ/ އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބް-ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

-/29,275

-/16,767

-/454

ކޮންސަލްޓެންޓް ސްޕެޝަލިސްޓް

CS- 2-15

CS- 3-15

CS- 4-15

CS- 5-15

 

  • ކޮންސަލްޓަންޓް، ސީއެސް 15-1 ގްރޭޑުގެ ފުރަތަމަ ޝަރުތު ފުރިހަމަވެ، 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު  %85 އިން މަތިން މާކްސް ހޯދާފައިވުން.
  • ކޮންސަލްޓަންޓް، ސީއެސް 15-2 ގްރޭޑުގެ ޝަރުތު ފުރިހަމަވެ، 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން.
  • ކޮންސަލްޓަންޓް، ސީއެސް 15-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.
  • ކޮންސަލްޓަންޓް، ސީއެސް 15-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.

 

-/32,632

-/18,689

-/506

ސީނިއަރ ކޮންސަލްޓެންޓް ސްޕެޝަލިސްޓް

CS- 2-17

CS- 3-17

CS- 4-17

CS- 5-17

CS- 6-17

 

  • މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.އެސް ނުވަތަ އެމް.އެސްއާ އެއްފެންވަރުގެ ސެޓްފިކެޓެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލްކުރުމަށްފަހު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމާއެކު ސްޕެޝަލިސްޓެއްގެ މަޤާމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ސީނިއަރ ކޮންސަލްޓަންޓް، ސީއެސް 17-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން.
  • ސީނިއަރ ކޮންސަލްޓަންޓް، ސީއެސް 17-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު   85% އިން މަތިން މާކްސް ހޯދާފައިވުން.
  • ސީނިއަރ ކޮންސަލްޓަންޓް، ސީއެސް 17-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު  85% އިން މަތިން މާކްސް ހޯދާފައިވުން.
  • ސީނިއަރ ކޮންސަލްޓަންޓް، ސީއެސް 17-5 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން.

-/36,277

-/20,777

-/562

މަގާމަށް އައްޔަށްންކުރާއިރު ބޭނުންވާ ލައިސަންސްތައް:

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ބޭސިކް އަދި އިތުރު 1 ކޮލިފިކޭޝަނެއް ރަޖިސްޓްރީކޮށް ލައިސަންސް ލިބިފައިވުން.

 

ތައުލީމީ ރޮނގުތައް:

  • އޮފްތަލްމޮލޮޖީ 

ވަޒީފާއާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:    

  • އޮފްތަލްމޮލޮޖީ

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠުހަމަވުމުން ދެވޭ ޕޮއިންޓު - % 30.00
  • ޝަރުޠުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓު - (ގިނަވެގެން 20.00 ޕޮއިންޓް) % 20.00
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - % 50.00

އިންޓަރވިއު އަދި އިމްތިހާނު ނުވަތަ ޕްރެކްޓިކަލް އޮންނާނެ މުއްދަތު:

16 ޑިސެމްބަރު 2024 – 23 ޑިސެމްބަރު 2024

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

1. މަޤާމަށް އެދި ހުށަހަޅާނީ، ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލްގެ https://myaccount.csc.gov.mv   މި ލިންކް މެދުވެރިކޮށެވެ. މި މަޤާމަށް ކުރިމަތިލުމަށް ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލްގެ "އީ-ފާސް" އެކައުންޓެއް އޮންނަންވާނެއެވެ. "އީ-ފާސް" އެކައުންޓެއް ނެތް ނަމަ "އީ-ފާސް" އެކައުންޓެއް ހަދަންވާނެއެވެ.

ނުވަތަ،

2. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިހޮސްޕިޓަލުގެ އޮފީހަށް ނުވަތަ އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx ، އަދި މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.  މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

   7. މުއްދަތު ހަމަނުވާ ލައިސަންސް، ރެޖިސްޓްރޭޝަން އަދި އިންޓާންޝިޕް ފުރިހަމަކުރި ކަމުގެ ލިޔުން

އިންޓަރވިއު އަދި އިމްތިހާނު ނުވަތަ ޕްރެކްޓިކަލް އޮންނާނެ ތަން:

މުލީ ރީޖަނަލް ހޮސްޕިޓަލް

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިހޮސްޕިޓަލާއި ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720644  އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު"https://www.csc.gov.mv/Policy/Index/51

އިން ލިބެން ހުންނާނެއެވެ.

ހުށަހަޅަންޖެހޭ ސުންގަޑި:  

10 ޑިސެމްބަރު 2024 ގެ 14:00 ގެ ކުރިން.

03 ޑިސެންބަރު 2024