ބީލަން
ނަންބަރު: ‎216-MPAO-GS/IUL/2024/23
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:27
ސުންގަޑި: 16 ޑިސެންބަރު 2024 14:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

މި އޮފީހުގެ ރިސެޕްޝަން އެލައިޑް ބިލްޑިންގގެ 8 ވަނަ ފަންގިފިލާއިން 9 ވަނަ ފަންގިފިލާއަށް ބަދަލުކުރުމާ ގުޅޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 9 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 9 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ)

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 16 ޑިސެންބަރު ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 9 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލްކުރުން އެދެމެވެ.

03 ޑިސެންބަރު 2024