ނީލަން
ނަންބަރު: HDFC/LEGAL/2024/558
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި: 17 ޑިސެންބަރު 2024 13:30
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
" ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ )" އެވެ ކިޔާ ޢިމާރާތާއި ގޯތި ވިއްކުމާބެހޭ

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. އިން އަލްފާޟިލާ ޚަދީޖާ ޢަބްދުއްސައްތާރު އަދި އަލްފާޟިލް ޖަމީލް އުޘްމާން އަށް ދޫކޮށްފައިވާ ލޯނަށް ރަހުނު ކޮށްފައިވާ "ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ)" އެވެ ކިޔާ ޢިމާރާތާއި ގޯތި ވިއްކުމާ ބެހޭ

ގޯތީގެ ތަފްސީލް:

ބާވަތް: އަމިއްލަ  

ނަން: ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ)

ރަޖިސްޓްރީ ނަންބަރު: GA 677 H

ގޯތީގެ އޭރިޔާ: 1951 އަކަފޫޓު

ވެރިފަރާތް: އަލްފާޟިލާ ޚަދީޖާ ޢަބްދުއްސައްތާރު އަދި އަލްފާޟިލް ޖަމީލް އުޘްމާން

ރަޙުނު ވިއްކާލުމުގެ ހުއްދަ: ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު: 126/Cv-CHD/2022 ގެ  ދަށުން 30 ސެޕްޓެންބަރު 2024 ގައި ދެއްވާފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ

ނީލަމުގެ ތަފްސީލް:

ހުށަހެޅޭނެ އެންމެ ދަށް އަގު: 25,700,000.00ރ. (ފަންސަވީސް މިލިޔަން ހަތް ލައްކަ ރުފިޔާ)

މުއްދަތު ހަމަވާ ތާރީޚް: 17 ޑިސެންބަރު 2024 ގެ މެންދުރުފަހު 1:30 އަށް

ސިޓީ ހުޅުވުން އޮންނަ ތަން: ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ހ. މިއަލަނި 04 ވަނަ ފަންގިފިލާ

ހުޅުމާލެ ގޯތޮ ނަންބަރު 10718 (އޯކިޑް ހިޔާ) ބައްލަވައި ގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތަކާއެކު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި، އަގު ސާފުކޮށް ބަޔާންކުރައްވައި، މިކުންފުންޏަށް، ހ. މިއަލަނި، 4 ވަނަ ފަންގިފިލާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި " ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ) އެވެ ކިޔާ ޢިމާރާތާއި ގޯތި ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަމިއްލަ ފަރުދުން:

-   އަގު ބަޔާންކޮށްފައިވާ ސިޓީ، ގުޅޭނެ ފޯނު ނަންބަރައެކު

-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުންފުންޏެއްނަމަ:

- މި ނީލަމާ ގުޅިގެން މިކުންފުންޏާ މުޢާމަލާތް ކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއި އެކު ހުށަހަޅުއްވާ އަގު ބަޔާންކޮށްފައިވާ ސިޓީއެއް

- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

- މި ނީލަމާ ގުޅިގެން މި ކުންފުންޏާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަނުކުރައްވާފައިވާ ކުންފުނީގެ ޤަރާރު

- ކުންފުނީގެ މެމޮރެންޑަމް އަދި އާރޓިކަލް އޮފް އެސޯސިއޭޝަން

ސިޓީތައް ހުޅުވުން އޮންނާނީ ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ސިޓީ ހުށައަޅުއްވާފައިވާ ފަރަތްތަކުގެ ތެރެއިރން އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.

ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިކުންފުނީގެ ވެބްސައިޓް (www.hdfc.com.mv) ގައި އިއުލާންކުރެވި، މިކުންފުނީގެ ނޯޓިސް ބޯރޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ ވިދިވިދިގެން 03 (ތިނެއް) ދުވަހު (ރަސްމީ ބަންދު ދުވަސްތައް ނުލައި) އެއް އަގެއްގައި އޮތުމުންނެވެ. އެފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން އަންގާ ތާރީޙުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެފަރާތަކުން ހުށަހެޅި އަގަށްވާ ފައިސާ މިކުންފުންޏަށް ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލް ކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާތިލްކޮށް، އަލުން ފެށުމުގެ ޙައްޤު މިކުންފުންޏަށް ލިބިގެންވެއެވެ.

ވަކިފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް މިކުންފުނިން އެންގުމުގެ ކުރިން ނީލަން ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވާކަމުގައި ދެންނެވީމެވެ. އަދި މީގެ އިތުރުން ހުޅުމާލެ ގޯތޮ ނަންބަރު 10718 (އޯކިޑް ހިޔާ) ގަތުމަށް ވަކި ފަރާތަކުން ފައިސާ ދެއްކުމުގެ ކުރިން ޢިމާރާތުގެ ވެރިފަރާތުން މިކުންފުނިން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހި ނުދެއްކެވިވާ ފައިސާ ދައްކަން ބޭނުންވެލައްވާނަމަ، އެފަރާތަށް އިސްކަންދެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ރިކަވަރީ ޑިޕަރޓްމަންޓާއި (ފޯނު ނަންބަރު: 3334666 އަދި 3000112، އީމެއިލް: [email protected]) ގުޅުއްވުން އެދެމެވެ.

 

ނޯޓް: މަތީގައި ބަޔާން ކުރެވިފައިވާ ހުޅުމާލެ ގޯތޮ ނަންބަރު 10718 (އޯކިޑް ހިޔާ) " ކ. ހުޅުމާލެ ގަތުމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ މިކުންފުނީގެ ބޯޑް ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ އެއްވެސް ބޭފުޅަކަށް (މަންމަ ނުވަތަ ބައްޕަ، ދަރިން، އެއްބަނޑު ނުވަތަ އެއްބަފާ ބޭފުޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާ) ބައިވެރިއެއް ނުވެވޭނެއެވެ.

އެންމެ ފަހުގެ އިޢުލާން: މަތީގައި ބަޔާންކޮށްފައިވާ ޢިމާރާތާއި ގޯތި ވިއްކުމަށް މީގެ ކުރިން 24 އޮކްޓޫބަރު 2024 (ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. (IUL)HDFC/INDIV/2024/1) ގައި އިޢުލާންކޮށްފައިވާ ކަމުގައި ދެންނެވީމެވެ.  

03 ޑިސެންބަރު 2024