ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-IM/PRIV/2024/4
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:22
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނު (ޤާނޫނު ނަންބަރު: 2024/11) އަށް ޢަމަލުކުރަން ފެށުމާގުޅޭ

ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނު (ޤާނޫނު ނަންބަރު: 2024/11) އަށް ޢަމަލުކުރަން ފެށުމާގުޅޭ

03 ސެޕްޓެންބަރު 2024 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވާފައިވާ ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނު (ޤާނޫނު ނަންބަރު: 2024/11) މިއަދު 03 ޑިސެންބަރު 2024 ގައި ޢަމަލުކުރަންވަނީ ފެށިފައެވެ.

މި ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބޭރު ފަރާތްތަކުން ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް އެދޭނަމަ އިންވެސްޓްމަންޓަށް ހުއްދަ ދިނުމުގެ މަރުޙަލާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ބޭރުގެ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުން.
  2. ޤާނޫނުގައި ބަޔާންކުރާ ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އިންވެސްޓްމަންޓް ކުރިއަށް ގެންދިއުމުގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން (ނޯ އޮބްޖެކްޝަން ލެޓަރ) މިނިސްޓްރީން ދޫކުރުން.
  3. ވިޔަފާރި ރަޖިސްޓަރީ ކުރުން.
  4. ފޮރިން އިންވެސްޓްމަންޓް ލައިސަންސް މިނިސްޓްރީން ދޫކުރުން.
  5. ފޮރިން އިންވެސްޓަރ މިނިސްޓްރީއާ ދެމެދު ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމުގައި ސޮއިކުރުން.

މިމިނިސްޓްރީއިން ވަކި ގޮތަކަށް ކަނޑައަޅަންދެން، މި ޤާނޫނުގެ ދަށުން ބޭރު ފަރާތްތަކުން ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް ހުއްދަ އަދި މަނާ ދާއިރާތަކުގެ ގޮތުގައި ބަލަމުންގެންދާނީ، މިމިނިސްޓްރީން ޝާއިޢުކޮށްފައިވާ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް އުސޫލު (ދެވަނަ އިސްލާޙު 15 ޖޫން 2021 ގައި ގެޒެޓްކޮށްފައިވާ) ގެ އެނެކްސްގައިވާ ޝަރުތުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. އިޢުލާނާއެކު ޙަވާލާދީފައިވާ އުސޫލުގެ އެނެކްސް ހިމަނާފައިވާނެއެވެ.

އެޕްލިކޭޝަން ފޯމް އަދި ހުއްދަ ދިނުމުގެ މަރުޙަލާގެ ތަފްޞީލް މި މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާނެއެވެ.

މި އިޢުލާންއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ:

- ގުޅުއްވުމަށް: 3333181 / 3333182

- އީމެއިލް ކުރެއްވުމަށް: [email protected]  

03 ޑިސެންބަރު 2024