ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-WDC/248/2024/125
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 10 ޑިސެންބަރު 2024 00:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަން ހިޔަލަ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ހއ. އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން ހއ.އިހަވަންދޫގައި "އިހަވަން ހިޔަލަ އެކްސްޕޯ" ގެ ނަމުގައި ކަނބަލުންނަށް ހާއްޞަކޮށްގެން މަސައްކަތްތެރިކަމާއި، ރަށުގައި އުފައްދާ ކާބޯތަކެއްޗާއި، އެހެނިހެން ތަފާތު އުފެއްދުންތަކަށް ހާއްޞަކޮށްގެން މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މައުރަޒު ބޭއްވުމުގެ މަޤްޞަދަކީ އިޤްތިޞާދުގެ ހިއްސާދާރުންގެ މަސައްކަތްތައް ބަލާގަނެ، އެފަދަ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހޯދާދިނުމަށް މަސައްކަތްކުރުމާއި، އެންމެކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކުން އުފައްދާ ބާވަތްތަކާއި، ގެވެށި މަސައްކަތްތެރިންގެ ހުނަރާއި، އެހެނިހެން ދާއިރާތަކުގެ ފަންނުވެރިން ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމުގެ ގޮތުން ކުރިއަށް ގެންދާ މައުރަޒެކެވެ.

ވީމާ، މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން (03 ޑިސެންބަރު 2024) ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.    

މައުރަޒު ކުރިއަށް ގެންދާ ތާރީޙް

21 ޑިސެންބަރު 2024 އިން 22 ޑިސެންބަރު 2024 ގެ ނިޔަލަށް

ސުންގަޑި:

މި އެކުސްޕޯގައި ބައިވެރިވުމަށް އެދި އެޕްލައި ކުރައްވަން ބޭނުންފުޅުވާނަމަ 10 ޑިސެންބަރު 2024 ގެ ނިޔަލަށް https://forms.office.com/r/CrCc4eh48A?origin=lprLink ގޫގުލް ފޯމް ފުރުއްވުން އެދެމެވެ.

ދާއިރާތައް

  1. ފެހުމުގެ ދާއިރާ
  2. ކޭކް ޑެކެރޭޝަން / ޕޭސްޓްރީ
  3. މޭކަޕް އާރޓް
  4. ފޮޓޮގްރަފީ
  5. އާރޓް އެންޑް ކްރާފްޓް
  6. އެކި ބާވަތްތަކުގެ ތައްޔާރީ ކާނާ އުފައްދާ ފަރާތްތައް

ކޮންމެ ދާއިރާއަކުން 3 ބައިވެރިންނަށްވުރެ އިތުރަށް ބައިވެރިވެފައިވާނަމަ، އެދާއިރާއަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވިގެންދާނެއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ނަންބަރު 9126464 ފޯނާއި ގުޅުއްވުން އެދެމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

03 ޑިސެންބަރު 2024