ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2024/431
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި: 08 ޑިސެންބަރު 2024 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމް

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް

L9-F1

ބޭނުންވާ އަދަދު

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ނިއުސް އެންޑް ކަރަންޓް އެފެއާޒް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު - ދުވާލަކު 08 ގަޑިއިރު (ޝިފްޓް އުސޫލުން)

އަސާސީ މުސާރަ

 -/5000 ރުފިޔާ

ސަރވިސް އެލަވަންސް

-/3000 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ). 

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ސާނަވީ އިމްތިހާނުން ދަށްވެގެން ދެ މާއްދާއިން ސީ ގްރޭޑް ލިބިފައިވުމާއިއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅޭ ދާއިރާއަކުން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ނިއުސް ޝޫޓިންގ ތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން؛
  • ނިއުސް ޝޫޓިންގ ލޮގް (ބީއެމްއެސް) ރަނގަޅަށް ލޭބަލްކޮށް ބެލެހެއްޓުން؛
  • ނިއުސްރޫމްއިން ކަވަރކުރާ އިވެންޓްތައް ރަނގަޅަށް ލޭބަލްކޮށް ޑާޓާ ބެލެހެއްޓުން؛
  • ނިއުސްރޫމްއިން ކަވަރކުރާ އިވެންޓްތައް އަރކައިވް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
  • ނިއުސްރޫމް ސްޓާފުންގެ ޑިއުޓީ ޓޭބަލްތައް ޑިއުޓީ ރޯސްޓަރ އަށް އެޅުން؛
  • ފޮނުވާ ސިޓީތަކާއި ފޮނުވާ މެމޯ އަދި ރިކުއެސިޝަންތައް ތައްޔާރު ކުރުމާއި، ފައިލްކޮށް ބެލެހެއްޓުން؛
  • ނިއުސްރޫމަށް ލިބޭ ސިޓީ، އެކަމާގުޅޭ ފަރާތްތަކާ ޙަވާލުކުރުން؛
  • މުވައްޒަފުންގެ ރެކޯޑްސްތައް ބެލެހެއްޓުން؛
  • ނިއުސް ޝޫޓިންގ ތަކަށް ޓެކްނިކަލް ސްޓާފުން އަދި އެ ސްޓާފުންގެ ޓްރާންސްޕޯޓް ހަމަޖައްސައިދިނުން؛
  • ނިއުސްރޫމުގެ ވީކްލީ ރިޕޯޓް ތައްޔާރުކުރުމަށްފަހު ނިއުސްހެޑްއަށް ކޮންމެ ހަފްތާއަކު ފޮނުވުން؛
  • ކޮންމެ މަހެއްގެ 16 ވަނަދުވަހު ނިއުސްރޫމްގެ ހުރިހާ ސްޓާފުންގެ އެޓެންޑެންސްތައް ބެލުމަށްފަހު ކަމާގުޅޭފަރާތްތަކަށް އެންގުން.   

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އިދާރީ މަސައްކަތްކުރުމުގެ ޤާބިލް ކަމާއި ހުނަރު ހުރުން؛
  • ކޮމްޕިއުޓރ ސިސްޓަމް ރަނގަޅަށް ބޭނުންކުރަން އެނގުން؛
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ތަކުގައި ހިމެނޭ ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް ރަނގަޅަށް ބޭނުންކުރަން އެނގުން؛
  • މީގެ އުތުރުން އެޑޯބް ފޮޓޯޝޮޕް ނުވަތަ އެޑޯބް އިލަސްޓްރޭޓަރ ބޭނުންކުރަން އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސްނުވާ).

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 08 ޑިސެންބަރ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000228، 3000207 އަށް ގުޅުއްވުން އެދެމެވެ.

02 ޑިސެންބަރު 2024