މަސައްކަތް
ނަންބަރު: (IUL)258/2015/47
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 15 ޖުލައި 2015 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ޒުވާނުންގެ މަރުކަޒު ގޯތިތެރޭގައި ޤާއިމުކުރެވިފައިވާ ފުޓްސަލް ދަނޑުގެ ވަށައިގެން ގައު އެތުރުމާބެހޭ

ހަނިމާދޫ ޒުވާނުންގެ މަރުކަޒު ގޯތިތެރޭގައި ޤާއިމުކުރެވިފައިވާ ފުޓްސަލް ދަނޑުގެ ވަށައިގެން ގައު އެތުރުމާބެހޭ

ހަނިމާދޫ ޒުވާނުންގެ މަރުކަޒު ގޯތިތެރޭގައި ޤާއިމުކުރެވިފައިވާ ފުޓްސަލްދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސާއި ފުޓްސަލްދަނޑާއި ދޭތެރޭގައި ހުސްކޮށް އޮތް 3100 އަކަފޫޓުގެ ވެލި އޮތް ސަރަހައްދުގައި ގައު އެތުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖުލައި 2015 ވާ ބުދަ ދުވަހު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ގެންނަ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މި ފުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

01 ޖުލައި 2015