ދިވެހިރާއްޖެ
އިޢުލާން
ހައްދުންމަތީ އަތޮޅުގެއާއި ވަށާފާރު މަރާމާތުކުރުން
ހައްދުންމަތީ އަތޮޅުގެއާއި ވަށައިފާރު އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)240-CA/240/2015/45 ( 14 ޖޫން 2015 ) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީ އެ އަންދާސީހިސާބުތައް ބާޠިލުކުރުމަށްފަހު ތިރީގައި މިވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
1- ފުރާޅާއި ސީލިންގެ މަރާމާތު
2- ދޮރާއި ދޮރުފަތްތަކުގެ މަރާމާތު
3- އިމާރާތުގެ އެތެރޭގެ ފާރުތަކާއި ބޭރު ފާރުތަކުގެ މަރާމާތު
4- ފާޚާނާތަކުގެ މަރާމާތު
5- ފެންޕަންޕު ބަދަލުކުރުން
6- އޭސީތައް މަރާމާތުކުރުމާއި ބަދަލުކުރަންޖެހޭ އޭސީތައް ބަދަލުކުރުން
7- ކުލައާއި ދަވާދުލުން
ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
19 ރަމަޟާން 1436