މަސައްކަތް
ނަންބަރު: (IUL)475/475/2024/215
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 23 ޑިސެންބަރު 2024 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހަށް ބޭނުންވާ ލިފްޓް ގަނެ އިންސްޓޯލްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 އިއުލާން ނަމްބަރު: (IUL)475/475/2024/215

އިއުލާން

"މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހަށް ބޭނުންވާ ލިފްޓް ގަނެ އިންސްޓޯލްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހަށް ބޭނުންވާ ލިފްޓް ގަނެ އިންސްޓޯލްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ.

މައުލޫމާތު ބައްދަލުވުން:

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސައިޓް ބެލުމަށް އަދި މައުލޫމާތު ސާފުކުރުމަށް 15 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މޯލްޑިވްސް ޕޮލިޓްކްނިކް މާލެ ކެމްޕަސް (ރެހެންދި ހިނގުން، މާލެ) އަށް ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ބިޑިންގ ޑޮކިއުމަންޓް:

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑިންގ ޑޮކިއުމަންޓް، ކުރެހުން އަދި ފުރިހަމަކުރަންޖެހޭ ބީ.އޯ.ކިއު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ބިޑިންގ ޑޮކިއުމަންޓްގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑިންގ ޑޮކިއުމަންޓް[email protected]   އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، ފަސްވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ބިޑް ސެކިއުރިޓީ:

ބިޑް ސެކިއުރިޓީ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20,000.00 (ވިހި ހާސް) ދިވެހި ރުފިޔާއެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭ ގޮތުގެ ތަފްސީލް ބިޑިންގ ޑޮކިއުމަންޓްގައި އެކުލެވިގެން ވާނެއެވެ.

އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:

މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް

އުމަރު ޒާހިރު އޮފީސް ބިލްޑިންގ،5 ވަނަ ފަންގިފިލާ

އޯކިޑްމާ ހިނގުން، މާލެ ސިޓީ، ހުޅުމާލެ

އީމެއިލް : [email protected]     

ފޯން: 3026975/3026982

02 ޑިސެންބަރު 2024