މަސައްކަތް
ނަންބަރު: (IUL)335-AS/335/2024/194
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 09 ޑިސެންބަރު 2024 12:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ހިންމަފުށީ ސްކޫލުގައި ޕެނަލް ބޯޑު ހަރުކުރުމާއި ގުޅޭ

އިޢުލާން

ކ.ހިންމަފުށީ ސްކޫލުގައި ޕެނަލް ބޯޑު ހަރުކުރުމާއި ގުޅޭ:

         ކ. ހިންމަފުށީ ސްކޫލުގައި ހަރުކޮށްފައިވާ އޭ.ސީ ތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގޮތުން ކ. ހިންމަފުށީ ސްކޫލުގައި ހަރުކުރުމަށް ބޭނުންވާ ޕެނަލް ބޯޑު ސަޕްލައިކޮށް، އިންސްޓޯލްކޮށްދިނުމާއި ގުޅައިދިނުމުގެ އެންމެހައި މަސައްކަތްތަކާއި އަދި، މީގެ އިތުރުން ސްކޫލުގައި މިވަގުތު ހަރުކޮށްފައިހުރި ކަރަންޓް ބޯޑްތަކުން 3 ފޭސް ކޭބަލް މެދުވެރިކޮށް ޕެނަލްއަށް ގުޅައިދިނުމުގެ އެންމެހައި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 09 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 12:00 ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.    

        ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A

  •  މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ އަދި  މިކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށްލިބިލައްވާނެއެވެ.  މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

01 ޑިސެންބަރު 2024