ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2024/89
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 04 ޑިސެންބަރު 2024 13:30
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާށިދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖު 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ކ.ކާށިދޫގައި އެކުވެރި ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި، ހުނަރުވެރި މޮޅު ހޭންޑްބޯލް ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި މި ކައުންސިލުން ބާއްވާ "ކާށިދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖް 2024"  މުބާރާތް 12 ޑިސެމްބަރ 2024  ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

    މިމުބާރާތް ހުޅުވާލެވިފައިވަނީ މިރަށަށް ނިސްބަތްވާ ކުލަބް ޖަމިއްޔާ ޖަމާއަތްތަކަށާއި، ސަރުކާރުގެ މުއައްސަސާތަކަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯރމް ފުރުވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯރމް ހުށަހެޅުމުގެ ސުން ގަޑިއަކީ 04 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިންނެވެ.

    މުބާރާތުގެ ޤަވާއިދާއި، ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 7939322 އަށް ގުޅުއްވުން އެދެމެވެ.  ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޑިސެންބަރު 2024