ބީލަން
ނަންބަރު: (IUL)425-A2/1/2024/377
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 11 ޑިސެންބަރު 2024 10:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ބައެއް މިސްކިތްތަކުގައި ހުރި ސިންގަލްފޭސް ކަރަންޓް ތްރީފޭސް އަށް ބަދަލުކުރުމުގެ މަސައްކަތާ ގުޅޭ،(2 ވަނަ އިޢުލާން)

މާލެ ސިޓީ ކައުންސިލްގެ ބައެއް މިސްކިތްތަކުގައި ހުރި ސިންގަލްފޭސް ކަރަންޓް ތްރީފޭސް އަށް ބަދަލުކުރުމުގެ މަސައްކަތާ ގުޅޭ،(2 ވަނަ އިޢުލާން)

މާލެ ސިޓީ ކައުންސިލްގެ ބައެއް މިސްކިތްތަކުގައި ހުރި ސިންގަލްފޭސް ކަރަންޓް ތްރީފޭސް އަށް ބަދަލުކުރުމުގެ މަސައްކަތަށް ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2024/342 (30 އޮކްޓޯބަރ 2024) އިޢުލާނާ ގުޅިގެން އެކަށިގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

  

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އެޑްމިން ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

04 ޑިސެމްބަރ 2024 (ބުދަ)

13:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

11 ޑިސެމްބަރ 2024 (ބުދަ)

10:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

 

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
  • މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 ޑިސެމްބަރ 09 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
01 ޑިސެންބަރު 2024