ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2024/118
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 12 ޑިސެންބަރު 2024 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހއ.ފިއްލަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަތްތެރި މަސައްކަތް ދަސްކޮށްދޭ ޕްރޮޤްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

 

ނަމްބަރ:(IUL)252/252/2024/118

އިޢުލާން

ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހއ.ފިއްލަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަތްތެރި މަސައްކަތް ދަސްކޮށްދޭ  ޕްރޮޤްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

            މި ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އަތްތެރި މަސައްކަތް ދަސްކޮށްދޭ ޕްރޮޤްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވަނީ ހުޅުވާލެވިފައިއެވެ. ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 14 އަހަރުން މަތީގެ ދެޖިންސުގެ ފަރާތްތަކަށެވެ.

  • ކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
  • ކޯހުގެ މުއްދަތަކީ 07 ދުވަހެވެ.
  • 18 އަހަރުން ދަށުގެ ބައިވެރިން ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހުށައަޅަންވާނެއެވެ.

            ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 12 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 އެވެ.

ގޫގުލްފޯމްލިންކް: https://docs.google.com/forms/d/e/1FAIpQLSdpmhpNnL28LUtNPvGNCMXdcEke3Y1J4JSjYaqiCWL4R2C-WA/viewform?usp=pp_url

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

29 ޖުމާދަލްޢޫލާ 1446

01 ޑިސެމްބަރ 2024

01 ޑިސެންބަރު 2024