ދިވެހިރާއްޖެ
އިޢުލާން
ފ.މަގޫދޫ ސްކޫލްގައި 6 ކްލާސް ރޫމް (2 ބުރި ޢިމާރާތް) ގެ ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ފ.މަގޫދޫ ސްކޫލްގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 6 ކްލާސްރޫމް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ފ.މަގޫދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
20 ޖުލައި 2015 (ހޯމަ) ދުވަހުގެ 13:00 އަށް |
ޕްރި ބިޑް މީޓިންގ |
28 ޖުލައި 2015 (އަންގާރަ) ދުވަހުގެ 13:00 އަށް |
ޕްރި ބިޑް މީޓިންގެ ސުވާލްތަކަށް ޖަވާބު ދިނުން |
02 އޯގަސްޓް 2015 (އާދީއްތަ) ދުވަހުގެ 13:00 އަށް |
ބިޑް ސަބްމިސަން |
09 އޯގަސްޓް 2015 (އާދީއްތަ) ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފ.މަގޫދޫ ސްކޫލްގެ 7952912 ނަންބަރު ފޯނަށެވެ.
19 ރަމަޟާން 1426