ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)164-PRO/1/2024/87
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 10 ޑިސެންބަރު 2024 10:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އެޗް.ޕީ.އީ ޕްރޯލިއަންޓް ޑީ.އެލް 380 ޖެން 11 ސާރވާ އާއި އެކު ލައިސަންސް އަދި ސަޕޯޓު ސަޕްލައިކޮށް އިންސްޓޯލްކޮއްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް އެޗް.ޕީ.އީ ޕްރޯލިއަންޓް ޑީ.އެލް 380 ޖެން 11 ސާރވާ އާއި އެކު ލައިސަންސް އަދި ސަޕޯޓު ސަޕްލައިކޮށް އިންސްޓޯލްކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށައެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ. މިމަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްކަރުދާސްކުރެވިފައިވާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ)  ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 2024 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހު ގެ 10:00ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2024 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހުގެ 10:10ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2024 ޑިސެމްބަރ 03 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިއިދާރާގެ ވެބްސައިޓް www.ncit.gov.mv ގައި 2024 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ޝާޢިއުކުރެވޭނެއެވެ.

އީމެއިލް އެޑްރެސް:[email protected]

ނޯޓް: ސިޓީއުރައިގެ ބޭރުގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ބީލަމުގެ ނަން:

އިޢުލާނު ނަންބަރު: 

ބީލަން ހުށަހަޅާ ފަރާތުގެ ނަން:

01 ޑިސެންބަރު 2024