ދިވެހިރާއްޖެ
ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ 10 (ދިހަ) މެންބަރެއްގެ މުއްދަތު ހަމަވާތީ އެކައުންސިލަށް 10 (ދިހަ) މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު އޮންނާނީ 07 ޑިސެންބަރު 2024 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ 07 ޑިސެންބަރު 2024 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ން 11:00 އަށް، ސޯޝަލް ސެންޓަރުގެ ހަރުގޭގައެވެ.
ވީމާ، މި އިންތިޚާބުގެ ކަންކަން ކުރިޔަށްދާގޮތް ބެލުމަށްޓަކައި އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ. އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރި ވެވޭނީ ކޮންމެ ކެންޑިޑޭޓެއް ނޫނީ އިދާރާއެއް ނުވަތަ ޖަމްއިއްޔާ ޖަމާއަތެއް ތަމްސީލް ކުރާ 1 (އެކެއް) ފަރާތަށެވެ. އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ފޯމު، މި އިއުލާން އާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ފޯމު ފުރުއްވައި 04 ޑިސެމްބަރު 2024 ވާ ބުދަދުވަހުގެ މެންދުރު 13:30 ގެ ކުރިން މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ ރިސެޕްޝަން (ސޯޝަލް ސެންޓަރގެ ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. މީގެއިތުރުން މިމިނިސްޓްރީގެ އީމެއިލް: [email protected] މެދުވެރިކޮށްވެސް ފޯމު ހުށަހެޅުއްވޭނެއެވެ. ހުށަހަޅާ ހުރިހާ ލިޔުންތައްވެސް ހުންނަންޖެހޭނީ ޕީޑީއެފް ފޯމެޓަށެވެ. އިތުރު މައުލޫމާތު ބޭނުންނަމަ ނަންބަރު 4000419 ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
29 ޖުމާދަލްއޫލާ 1446