މަސައްކަތް
ނަންބަރު: (IUL)13-K1/13/2015/209
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 03 އޮގަސްޓް 2015 11:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލް އެކްޓެންޝަން ޢިމާރާތުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލް އެކްޓެންޝަން ޢިމާރާތުގެ މަސައްކަތް:

1. މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމަށް ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލް އެކްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓީރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކަށް ޝަރުޠުހަމަވާ ފަރާތްތަކަށެވެ.

 1GC01- އަދިGC01-2

3. ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 09 ޖުލައި 2015 އިން 30 ޖުލައި 2015 އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް (ރަމަޟާން މަހު ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 13:30 އަށް) މި މިނިސްޓްރީ އިންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

5. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/75,000 ރ (ހަތްދިހަ ފަސް ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުންފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމްންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 އޮގަސްޓު 03 ވާ ހޯމަ ދުވަހުގެ 11:00 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ  ޖަލްސާކުރާ މާލަމުގައެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2015 އޮގަސްޓު 17ވާ ހޯމަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރައި ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349203       3349106

ފެކްސް   : 3320706       3324432

އީމެއިލް  : [email protected]

ކޮޕީ     : [email protected]

9. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

 

09 ޖުލައި 2015