ދިވެހިރާއްޖެ
މުލަކަތޮޅު ދިއްގަރު ކުޑަކުދިންގެ ޕާކުގައި ބަހައްޓާ ތަކެތި ހޯދުން
މުލަކަތޮޅު ދިއްގަރު ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ދިއްގަރުގައި ގާއިމް ކުރެވިފައިވާ ކުޑަކުދިންގެ ޕާކުގައި ބަހައްޓާނެ ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
2024 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ކުރިން https://forms.office.com/r/RKw94vDHkH ލިންކު މެދުވެރިކޮށް ނުވަތަ މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރުން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ ތިރީގައިވާ މައުލޫމާތު ހިމަނުއްވަން ވާނެއެވެ. - އިޢުލާން ނަންބަރު (ކޮން އަންދާސީ ހިސާބެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް) - ރަޖިސްޓްރީ ކުރާ ފަރާތުގެ ނަން (އަމިއްލަ ފަރުދުންގެ ވިޔަފާރި/ ޕާޓްނާޝިޕް/ ކުންފުނި/ ކޯޕަރޭޓިވް ސޮސައިޓީ) - ރަޖިސްޓްރީ ނަމްބަރު - ގުޅޭނެ ފޯނު ނަންބަރު - އީމެއިލް އެޑްރެސް - ބީލަމާއި ގުޅޭގޮތުން މުއާމަލާތު ކުރާނެ ފަރާތެއްގެ ނަން |
މައުލޫމާތު ދިނުމުގެ ބައްދަލުވުން |
މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
ބީލަން ހުށަހެޅުން |
2024 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި (ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.) |
އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ.