ބީލަން
ނަންބަރު: RE-(IUL)270/270/2024/120
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:09
ސުންގަޑި: 15 ޑިސެންބަރު 2024 11:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. މަކުނުދޫގެ ބަނދަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން މޮނިއުމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ހދ. މަކުނުދޫގެ ބަނދަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން މޮނިއުމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ހދ. މަކުނުދޫގެ ބަނދަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން އަމިއްލަ ތަކެތީގައި މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 30 ނޮވެންބަރ 2024 ން 15 ޑިސެންބަރ 2024 ގެ 09:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ޑިސެންބަރ 2024 ވަނަ ދުވަހުގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 15 ޑިސެންބަރ 2024 ވަނަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.

މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • މަކުނުދޫ ކައުންސިލް އިދާރާ
  • ހދ.މަކުނުދޫ
  • ފޯން:  9695777
  • އީމެއިލް:[email protected]

                      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

28 ޖުމާދަލްއޫލާ 1446

30 ނޮވެންބަރ 2024

30 ނޮވެންބަރު 2024