ބީލަން
ނަންބަރު: (IUL)297-PS/297/2024/96
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:21
ސުންގަޑި: 08 ޑިސެންބަރު 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 (IUL)297-PS/297/2024/96ނަންބަރު

 

 

އިޢުލާން

 

ވެލިދޫ ކައުންސިލްއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

       ކޮންޓްރެކްޓް އުސޫލުން 01 ޖެނުއަރީ 2025 އިން ފެށިގެން 31 ޑިސެމްބަރ 2025 ގެ ނިޔަލަށް މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

މިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ މައުލޫމާތު ކަރުދާސް ބެއްލެވުމަށްފަހު 8 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ހާޒިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. މި ބީލަމަށް އަގު ހުށަހަޅަންޖެހޭ ފޯމު މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. މީގެ އިތުރުން މިއިދާރާގެ ކައުންޓަރުންވެސް ރަސްމީ ވަގުތުގައި ލިބެން ހުންނާނެއެވެ. މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްކުރެވިފައިވާތީ، އިތުރު ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ އެންމެހައި ފަރާތްތަކުން ދެންނެވިފައިވާ ތާރީޚާއި ގަޑިއަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި ބީލަން ހުށަހަޅާފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުން (ކޮންސެންޓް ލެޓަރ) ހުށަހަޅަންވާނެއެވެ. އަދި ބީލަމާއެކު ހުށަހެޅުމަށް (މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ) މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

90%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark  years  ) x Allocated Percentage

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

27 ނޮވެންބަރު 2024