ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-PAMD/2024/126
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:55
ސުންގަޑި: 09 ޑިސެންބަރު 2024 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގ ގެ ނާރސިންގ އާޓްލެބަށް ބޭނުންވާ ބައެއް އިކްއިޕްމެންޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގ ގެ ނާރސިންގ އާޓްލެބަށް ބޭނުންވާ ބައެއް އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއެވެ. ވީމާ މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ގަންނަ ބައެއް ތަކެތީގެ ތެރޭގައި އިންސްޓޮލޭޝަން އާއި ޓްރެއިނިންގ ބޭނުންވާ އައިޓަމްތައް ހިމެނެއެވެ. ވުމާއެކު ތަކެތި ސަޕްލައިކުރުމާއެކު، އިންސްޓޮލޭޝަން އާއި ޓްރެއިނިންގ ހަމަޖެއްސުމަކީ ކޮންޓްރެކްޓް އެވޯޑްކުރެވޭ ފަރާތުން ކޮށްދޭންޖެހޭނެ ކަމެކެވެ.
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބީލަމުގެ އަގު 500،000.00ރ (ފަސްލައްކަ ރުފިޔާ) އަށްވުރެ މަތިވާނަމަ، މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ބީލަމުގެ އަގަށް ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 09 ޑިސެންބަރު 2024 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  6. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

ޓެކްނިކަލް ސްޕެސިފިކޭޝަންއާ ގުޅޭގޮތުން ނަމަ:

ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛

ސްކޫލް އޮފް ނާރސިންގ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ޢިއްޒުއްދީން، މާލެ، ދިވެހިރާއްޖެ

ފޯން: 3346555، 3346551

އީ-މެއިލް: [email protected]

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 9, 3345110, 3345148334510، 3345111

އީ-މެއިލް: [email protected]

 

28 ނޮވެންބަރު 2024