މަސައްކަތް
ނަންބަރު: (IUL)459-A/1/2015/68
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 12 ޖުލައި 2015 11:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކ.ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

"ކ.ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް"

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގަމުންދާ ކ.ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: 61/(IUL)459-A/1/2015 ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11.00 އަށް ކ. ގުރައިދޫ  ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11.00 އަށް މި މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  

19 ރަމަޟާން 1436

06 ޖުލައި 2015